ދުނިޔެ

ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ޓަކައި ބައްޕަ ދަރިފުޅާ ވަކިވާ އަސަރުގަދަ ވަގުތުކޮޅުގެ ވީޑިއޯއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިއާއިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ގައުމުގެ ދިފާޢުގައި ހަނގުރާމަ ކުރުމަށް އަންހެނުންނާއި ދަރިފުޅާ ވަކިވާ ޔޫކްރޭންގެ ބައްޕައެއްގެ ވީޑިއޯ އާންމުވެއްޖެއެވެ.

Ads by WAMCO

މި ވީޑިއޯއިން ފެންނަނީ އަނބިމީހާއާއި އަންހެން ދަރިފުޅު ބަހަކަށް ލައި ރައްކާތެރި ތަނަކަށް ފޮނުވައިލާ މަންޒަރެވެ. އަދި ބައްޕަ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރުމަށް މަޑުކުރެއެވެ. ދަރިފުޅު ބަހަށް އެރުވުމުގެ ކުރިން ދަރިފުޅުގެ ބޮލުގައި ބައްޕަ ތޮތްޕެއް އަޅުވައިދެއެވެ. އެއަށް ފަހު ދެމީހުން ބައްދައިލައި އެކީގައި ރޯ މަންޒަރު ފެނެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ މި ވީޑިއޯއަށް ޚިޔާލުފާޅުކުރި ގިނަ ބަޔަކު ބުނެފައި ވަނީ ހިތް ކުދިކުދި ވެއްޖެ ކަމަށާއި އެއީ ހިތްވަރުގަދަ ބައްޕައެއް ކަމަށެވެ.

ރަޝިއާއިން ޔޫކްރޭނަށް ދޭން ފެށި ހަމަލާތައް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އަދި ރަޝިއާގެ އަސްކަރީ ބާރުތައް މިހާރު ވަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވްއަށް މިސްރާބު ޖަހައިފައިކަމަށް ޔޫކްރޭންގެ އޮފިޝަލުން ވިދާޅުވެއެވެ. ރަޝިއާގެ މި ހަމަލާތަކުގައި ޔޫކްރޭންގެ 137 މީހުން މަރުވެފައި ވެއެވެ.

Ads by Ooredoo
  1. ޕިރާޑް

    މަށަކަށް ނުފެނޭ ތިޔަމަންޒަރެއް! ފަލަސްތީން ، އިރާޤް،ސީރިޔާ، އަފްޤާނިސްތާން، ޔަމަން، އަދިވެސް އެތައް ޤައުމަކާއި އެޤައުމު ތަކުގައި ތިބި މުސްލިމުންގެ ހާލު ފެނި އަސަރު ކުރޭ. އިންޑިޔާ، މިޔަންމާ.. ….. ދިވެހި ނޫސްތަކުން، ސީ އެން އެން އަދި ބީ ބީ ސީ ޙަބަރު ކޮޕީކުރުން ހުއްޓާލާ