ދުނިޔެ

ޖާނުން ފިދާވެގެން ރަޝިޔާގެ ޓޭންކަރުތައް ހުއްޓުވި މީހާއަށް އެންމެ މަތީ ޝަރަފް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގެ ދެކުނު ޚޭރްސަން ސަރަހައްދުގައި އޮންނަ ހެނިޝެސްކް ބްރިޖް ހުރަސްކުރުމަށް ރަޝިޔާގެ އަސްކަރީ ފައުޖުތަކާއި ޓޭންކަރުތަކުން ދަނިކޮށް، އެ ސަރަހައްދަށް ޓޭންކަރުތަކަށް ނުވަދެވޭނެހެން ބްރިޖެއްގެ މަތީގައި ހުރެ ޔޫކްރެއިންގެ ސިފައިންގެ މީހަކު ޖާނުން ފިދާ ވެއްޖެއެވެ.

Ads by Sosun Fihaara

ޔޫކްރެއިންގެ އާމްޑް ފޯސަސްގައި ވިޓަލީ ސްކާކުންގެ މި ހިތްވަރު ގަދަ އަމަލަށް އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ތައުރީފް ކުރައްވައިފައެވެ. އަދި އެ ޤައުމުގައި ދެވޭ އެންމެ މަތީ ޝަރަފު، ޤައުމުގެ ޙައްޤުގައި ޝަހީދުވުމުގެ ޝަރަފު އޭނާއަށް ވަނީ ދީފައެވެ.

"ބްރިޖް ހުރަސް ކުރި ނަމަ، ރަޝިޔާގެ ފައުޖުތަކަށް ހަމަލާދާން ވަރަށް އުދަނގޫވާނެ. " އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އަސްކަރިއްޔާއިން އިތުރަށް އެ ބަޔާނުގައި ވިދާޅުވީ، ވިޓަލީ ވަނީ އަމިއްލަ އިސްނެމުގެ މަތިން ހުޝިޔާރުކަމާ އެކު ބްރިޖް މައްޗަށް ގޮސް، ދުޝްމަނުންގެ ރޭވުންތައް ބާތިލްކޮށްލައިފައި ކަމަށެވެ. މިގޮތުން ބްރިޖް ގޮއްވައިލުމުން، ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހުނު ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާން ނިންމައިފައި ވަނީ ރަޝިޔާއަށް މެސެޖެއް ދިނުމަށް ފަހުއެވެ.

"އެންމެ ފަހު ނޭވައަށް ޖެހެންދެން ޤައުމުގެ ޙައްޤުގައި ޤުރުބާން ވާނަން"

Ads by HDC
  1. މީޟަ

    މުސްލުމުންނަމަ ޓެތެރިސްޓުން ދޯ ކިޔާނީ މުޅި ދުނިޔެ. މިހާރު މަތީ ޝަރަފު އޮހެނީ ހަމަ.
    ޕަލަސްތީނުގެ ޒުވާނުން މާ ހިތްވަރު ގަދަ މިހާރު ވެސް ކީއްވެބާ ހަބަރުގާ ނުކިޔަނީ