ވިޔަފާރި

ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމާ ސްޓެލްކޯ އިން ހަވާލުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކ. ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމާ ސްޓެލްކޯ އިން ހަވާލުވެއްޖެއެވެ.

Ads by MWSC

އެ ހިދުމަތް އިފްތިތާހު ކުރުމަށް ގުޅީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ފެނާއި ނަރުދަމާގެ ނިޒާމުގެ ކަންކަމާ ސްޓެލްކޯގެ ފަރާތުން ރަސްމީކޮށް ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ³³the މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

ސްޓެލްކޯ އިން މި ހިދުމަތާ ހަވާލުވުމުން، އެ ރަށަށް ހުރިހާ ޔުޓިލިޓީ ހިދުމަތެއް ދޭނީ ސްޓެލްކޯ އިންނެވެ. އެއީ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތުގެ އިތުރުން ކަރަންޓުގެ ހިދުމަތެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ވިދާޅުވީ، ގުޅިއަކީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް ވެފައިވާ ވައުދުގެ ދަށުން ހިދުމަތް ފަށާ ފުރަތަމަ ރަށް ކަމަށެވެ.

ގުޅިއަކީ ޓޫރިޒަމާއި، އޮޑިދޯނިފަހަރު މަރާމާތު ކުރުމުގެ މަސައްކަތް ކުރާ ރަށަކަށް ވެސް ވުމުން، ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށުމުން އެ ރަށުގެ އިގްތިސާދަށް އޭގެ ފައިދާ ވާނެ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

ގުޅީގެ ފެނާއި ނަރުދަމާ ނިޒާމުގެ ދަށުން 40 ޓަނުގެ ދެ އާރްއޯ ޕްލާންޓާއި ވާރޭ ފެން ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ބަހައްޓައިފައެވެ. އަދި ފެން ރައްކާ ކުރުމަށް އެ ރަށުގައި 200 ޓަނުގެ ތިން ތާނގި ވެސް ވަނީ ބަހައްޓައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!