ޚަބަރު ސިޔާސީ

ދިވެހި ދައުލަތަށް ޤާސިމް ދައްކަވަން ޖެހޭ ފައިސާއެއް ނޯންނާނެ: ޖޭޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވިލާ ގްރޫޕުގެ އޯނަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދިވެހި ދައުލަތަށް ދައްކަވަން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް  އެ މަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިލްހާމް މިހެން ވިދާޅުވީ ގާސިމްގެ ރިސޯޓްތަކުން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި ކަމަށް "ދިޔަރެސް" ނޫހުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހައިތަނަށް ރިސޯޓްތަކުގެ ކުލި، ޖޫރިމަނާ އަދި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާއްމުދަނީގެ ތެރެއިން 2.6 ބިލިޔަން ރުފިޔާ ނުލިބިވާ ކަމަށެވެ. ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނޭ ކަމަ ށްވެސް އެ ނޫހުން ރިޕޯޓް ކުރެއެވެ.

މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި އިލްހާމް ވިދާޅުވީ، މިފަދަ ޚަބަރުތަކަކީ ޕީޕީއެމްއިން ފަތުރާ ދޮގު ޚަބަރުތައް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން އެ ޕާޓީގައި ތިބި ހަރުދަނާ މީހުން ކުރާ ކަންތައްތައް ވެސް ރައްޔިތުން ބަލައި ނުގަންނަ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ޤާސިމް ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެ" އިލްހާމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާ ދެމެދުގެ ބަހުގެ ހަމަލާތަކެއް  ވަނީ ހިނގައިފައެވެ. ޕީޕީއެމްގެ ލީޑަރު ވިދާޅުވީ، ޕީޕީއެމްއިން ޤާސިމަށް ތާއީދު ނުކުރާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ޕީޕީއެމްއާ އެކު މަސައްކަތް ނުކުރާނެކަން ހާމަކޮށްފައެވެ.

Ads by Ooredoo
  1. ކޮރަކަލި

    ދައުލަތަށް ގާސިމްދަށްކަން ޖެހޭއެއްޗެއް ނޮއޮންނާނެ ދައުލަތުން ދިއަރެސްސްސްސްސްސްސްސްސްސްސްސް