ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޝްރޫޢު ނިމުމުން ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނާނެ: މަޙްލޫފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ މަޝްރޫޢު ނިމޭއިރު އާބާދީގެ ކޮންމެ 4000 މީހަކަށް ދަނޑެއް އޮންނާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by MWSC

މަޙްލޫފް މިފަދައިން ވިދާޅުވީ ރަށްރަށުގެ ފުޓްސަލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތަކުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޙްލޫފް ވިދާޅުވީ އިނގިރޭސިވިލާތުގައި އޮންނީ ކޮންމެ 111،000 މީހަކަށް ދަނޑެއް ކަމަށެވެ. އަދި ރާއްޖޭގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ފަށައިފައިވާ 30 ދަނޑު ނިމުމުން ކޮންމެ 11،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށާއި އަދި މިހާރު ހުރި ދަނޑުތަކުގެ މަސައްކަތް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"އިނގިރޭސިވިލާތުގައި މި އޮންނަނީ 600 ފުޓުބޯޅަ ޓާފު ދަނޑު. އެއީ 111،000 މީހުނަށް ދަނޑެއް. އެކަމު މިހާރު ވެސް ރާއްޖޭގައި މިތިން އަހަރު ކުރެވުނު މަސައްކަތުން 11،000 މީހުބްނަށް ދަނޑެއް އެބައޮތް އިނގޭތޯ. އަދި ފަސް އަހަރު ނިމޭއިރު ހުރިހާ ދަނޑެއް ނިމުމުން 4،000 މީހުނަށް ދަނޑެއް އޮންނާނެ" މަޙްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ ދަނޑުތަކުގެ މަސައްކަތް ލަސްވަނީ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށްގެން ނޫން ކަމަށެވެ. މަސައްކަތްތައް ނުނިމި ލަސްވަނީ ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަވުމުން ކަމަށް މަހްލޫފް ވިދާޅުވިއެވެެ.

"ހަމަ ހަގީގަތުގައި ވެސް ކުރަންޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަވެގެން ގޮސް މަސައްކަތްތައް ނުނިންމެނީ" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަޙްލޫފް ވަނީ މިހާރު މަސައްކަތް ކުރިޔަށްދާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އުންމީދަކީ މަސައްކަތްތައް ލަސްވިޔަ ނުދީ ވީ އެންމެ އަވަހަކަށް ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

Ads by HDC
  1. އަހުމަދު

    ސަބަސް މަހޭ