ޚަބަރު ސިޔާސީ

ޕާސްޕޯޓު ހިފެހެއްޓުމަކީ ސިޔާސީ ބޮޑު ޖަރީމާއެއް: ސަން ޝިޔާމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަން ކުންފުނީގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފެހެއްޓި މައްްސަލަ ކުށްވެރިކޮށް އެއީ ސިޔާސީ ބޮޑު ޖަރީމާއެއްގެ ގޮތުގައި އޭނާ އެކަން ސިފަކުރައްވައިފިއެވެ.

Ads by MWSC

ޝިޔާމްގެ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް(އެމްްޑީއޭ)އިން މިއަދު ޕޯސްޓް އޮފީހުގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ މިރޭ ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓީ ގަވައިދާ ޚިލާފަށް ކަމަށާއި އަދި މިއީ ނިންމި ސިޔާސީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނުފޫޒުން ސިވިލް ކޯޓުން ނިންމައިގެން އުޅޭ ނިންމުމެއް ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

"ގާޒީން މި ތިބެނީ ގޭގައި. ޖޭއެސްސީން މި ލިއުއްވަނީ މި ހުކުމް މި ގޮތަށޭ ލިއުއްވަން ޖެހޭނީ. މި ގޮތަށް ހުކުމް ނުކޮށްފިއްޔާ ގާޒީ ގެއަށޭ ފޮނުވައިލާނީ. މިއީތޯ ދިވެހި ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ ގޮތަކީ. ކަނޑައެޅިގެން މުތުލަގަށް ހިންގި ޖަރީމާއެއް މިއީ. އަޅުގަނޑުގެ ލޯޔަރުން ބުނަނީ. ހުރިހާ ލޯޔަރުން ވެސް ބުނަނީ. ކަނޑައެޅިގެން ގާނޫނު ގަަވައިދާ ހިލާފަށޭ ޕާސްޕޯޓް ހިފެހެއްޓީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައާ ގުޅިގެން ސިޔާމްގެ ކުންފުނި ސަން ޓްރެވެލްއިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަމުން ނުގެންދާތީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!