ޔޫކްރެއިން: އެހާރާއި މިހާރު ފޮޓޯއިން

ރަޝިޔާ ސިފައިން ޔޫކްރެއިންއަށް ހަމަލާދެމުން އަންނަތާ މިއީ ހަތް ވަނަ ދުވަހެވެ. ރަޝިޔާގެ އަސްކަރީ ފައުޖުތައް ޔޫކްރެއިންގެ ބޮޑެތި ހުރިހާ ސިޓީއެއްހެން ވަށައިލައިފައިވާއިރު، ރަޝިޔާގެ މިސައިލް ހަމަލާތައް އެ ސިޓީތަކަށް ދަނީ އަމާޒު ކުރަމުންނެވެ.
ރަޝިޔާއިން ބުނެފައި ވަނީ، މިސައިލް ހަމަލާތައް އަމާޒު ކުރަނީ މިލިޓަރީ ސައިޓްތަކަށާއި ސަރުކާރު އިމާރާތްތަކަށް ކަމަށެވެ.
މިއަދު ޔޫކްރެއިންގެ ބައެއް އިމާރާތަކަށް މިސައިލް ހަމަލާތަކުގައި ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ. މީގެ ތެރެއިން ބައެއް އިމާރާތްތަކުގެ ފޮޓޯތައް ތިރީގައި އެވަނީއެވެ. އިމާރާތް ކުރިން ހުރި ގޮތާއި ބޮމުގެ ސަބަބުން ލިބުނު ގެއްލުން، ސްވައިޕް ކޮށްލުމުން ފެންނާނެއެވެ.
ތިރީގައި އެވަނީ އުތުރު އިރުމަތީ ޔޫކްރެއިންގެ 1.4 މިލިއަން މީހުން ދިރިއުޅޭ ސިޓީއެއް ކަމަށްވާ ޚަރްކިވްގައި މެދުތެރޭ ހުންނަ ރީޖަނަލް އެޑްމިނިސްޓްރޭޝަން އިމާރާތެވެ.
މިއީ ޔޫކްރެއިންގެ ވެރިރަށުން ބްރޯޑްކާސްޓް ކުރާ ޤައުމީ ޓީވީ ސްޓޭޝަންގެ ޓަވަރެވެ. ޓަވަރަށް ދިން މި ހަމަލާގައި 5 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކުރެއެވެ.
މިކަމަކީ ރަޝިޔާއިން ކުރިޔަށްގެންދާ ވަރަށް ހިތްވަރުގަދަ އަދި އަރުތަވެރި ޢަމަލެއްކަމަށް އާޓިކަލްގައި ފާހަގަކޮށްލެއްވިނަމަ ވަރަށް ފުރިހަމަވީސް.
އެވެސް ގައުމެގެކަރާމާނަގާލާ އެގައުމެގެ ހަގުނިގުޅާގަތުމަ މުސްލިމުން ހިވަރުދީގެންނުވާނެ ހަގުރާމައެގެސަބަބުން ކުށެނެ ކުޑަކުޑަ ކުދިންގެ މުސްތަގުބަލފުޑުފުޑުވެދޭ އަހަރުމެންނިމިދިއުންވަނީ ﷲގެހަޒްރަތަށެވެ