ދުނިޔެ

ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ރަޝިޔާއިން ފުރަތަމަ ފަހަރަށް ހާމަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރޭނަށް ހަމަލާ ދޭން ފެށި ހަމަލާތަކުގައި ރަޝިއާއިން މަރުވި މީހުންގެ އަދަދު އެ ގައުމުން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

Ads by WAMCO

ރަޝިޔާގެ އަސްކަރިއްޔާގެ މޭޖަރ ޖެނެރަލް އިގޯރ ކޮނަޝެންކޯވް ވަނީ ރަޝިޔާގެ އަސްކަރިއްޔާއަށް "ގުނާ އަދަދު ނުކުރެވޭހައި ބޮޑު ގެއްލުމެއް" ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ދެކޮޅު ހައްދަވައިފައެވެ. އަދި ދޮގު މައުލޫމާތު މީޑިއާތަކުން ފަތުރާކަމަށް ތުހުމަތު ކުރިއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ވިދާޅުވީ، ޔޫކްރެއިންގައި އެގައުމުގެ 498 ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި އެ ޤައުމުގެ ސިފައިންގެ އިތުރު 1597 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ޔޫކްރެއިންގެ ރިޔާސީ މުޝީރު ވަނީ އެ އަދަދު އެތައް ގުނައެއް އިތުރު ކަމަށާއި ރަޝިޔާގެ 7،000އަށް ވުރެ ގިނަ ސިފައިން މަރައިލައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސީނިއާ އޮފިސަރުން ހިމެނޭ ގޮތަށް ރަޝިއާގެ އެތައް ސަތޭކަ ސިފައިން، ހަނގުރާމައިގެ ގައިދީންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް މުޝީރު ވިދާޅުވިއެވެ.

ރަޝީޔާއިން ހާމަކޮށްފައިވާ ނަންބަރުތަކަށް ބަލާއިރު، ޔޫކްރެއިންގެ 2،870އަށް ވުރެ ގިނަ ސިފައިންނާއި "ނޭޝަނަލިސްޓުން" މަރައިލައިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި، 3،700 އެއްހައި މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ދިފާއީ ވުޒާރާގެ ނަންބަރުތައް ބުނެއެވެ.

ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސާވިސްއިން ބުނާ ގޮތުގައި މި ހަނގުރާމައިގައި، މިހައިތަނަށް 2،000އަށް ވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ.

Ads by Ooredoo
  1. محمد يوسف

    މީ އެމެރިކާގެ ނުބައި ނުލަފާ މަކަރުގައި ޔޫކުރޭންގެ ރައީސް ޖެހިފަިވާ ކަމުގެ ހިތި ނަތިޖާ ދުނިޔޭގެ މަޝްހު ހަލާކޮށް ޤައުމުތައް މަކަރާއި ހީލަތުން ހަލާކުެަނީ އެމެރިކާ އެމެރިކާގެ ޖާހިލު ކަމުން ދުނިޔެ ސަލާމަތް ކުރުމަށް ހުރިހާ މުސްލިމުން ﷲ ގެ ޙަޟްރަތުގައި ދުޣާކުރައްވާ ﷲ އެމެރިކާގެ އަނިޔާވެރިކަމުން ހުިހާޤައުމުތައް ސަލާމަތް ކުރައްވާށި امين