އުރީދޫގެ ޑިޖިޓަލް ޕާޓްނަރަކަށް އެސްއޭޕީ ހަމަޖަައްސައިފި

ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއް މުއާސަލާތީ ހިދުމަތް ދެމުންދާ އުރީދޫގެ ހުރިހައި ހިދުމަތްތައް ޑިޖިޓަލްކޮށް، ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަން ގެނެސް ކުންފުނި އިތުރަށް ވަރުގަދަކުރުމަށް ޖަރުމަނުގެ ސޮފްޓްވެއާ ކުންފުނި އެސްއޭޕީއާއާ ގުޅިއްޖެއެވެ.
އެގޮތުން އުރީދޫ ގްރޫޕްގެ އެކި ޑިޕާޓްމަންޓްގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރުމަށް އެހީތެރިވެދިނުމަށް އެސްއޭޕީން ހާއްސަ ސޮފްޓްވެއާތަކެއްގެ ހިދުމަތްދޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
މުޅި ދުނިޔެއިން ވެސް މިފަދަ ހިދުމަތް ދޭ ކުންފުނިތަކުގެ ލިސްޓުގައި އެސްއޭޕީ ހިމެނެއެވެ.
އުރީދޫން ބުނިގޮތުގައި އެސްޕީއޭގެ ހިދުމަތްތައް ހޯދަން ފެށުމުން އެންޓަޕްރައިސް ރިސޯސް ޕްލޭނިން (އީއާރުޕީ)ގެ ސޮފްޓްވެއާއާއި އެސްއޭޕީ އަރީބާ އަދި ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗެއިން ސޮލިއުޝަންގެ ސޮފްޓްވެއާތައް ބޭނުން ކުރެވޭނެއެވެ.
މީގެ އިތުރުން ކްލައުޑް ޕްލެޓްފޯމްގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ހިދުމަތް އެސްއޭޕީއާ ގުޅިގެން ދޭން ފެށުމުން ކަސްޓަމަރުންންނާއި މަުވައްޒަފުންނާއި ސަޕްލަޔަރުންނާ ގުޅިގެން ކުރިއަށް ވުރެ ހަރުދަނާކޮށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.