އަސްލަމްގެ ތާއީދު ފައްޔާޒަށް

ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެ ޕާޓީގެ ޗެއާޕަރސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލްއަށް ތާއީދުކުރައްވަން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނިންމަވައިފިއެވެ.
މިކަން ހާމަ ކުރައްވަމުން އަސްލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އިތުރު ހަރުފަތަކަށް ގެންގޮސް އެ ޕާޓީއަށް އިތުރު ކާމިޔާބީ ފައްޔާޒް ގެނެސްދެއްވާނެކަމަށް ޤަބޫލުފުޅު ކުރެވޭ ކަމަށެވެ.
ފައްޔާޒް ވަނީ އޭނާއަކީ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށްދީފައި ކަމަށް ވެސް އަސްލަމް ވިދާޅުވެފައިވެއެވެ.
އެ އިންތިހާބުގައި ފައްޔާޒް ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އާ އެވެ. މި ދެ ބޭފުޅުން ވެސް ކެމްޕޭނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕަރސަންކަމުގެ މަގާމުގެ އިތުރުން އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16ވަނަ ދުވަހުއެވެ.
ޢެބަަ ރަނގަޅުު ވޭ