ދުނިޔެ

ހަނގުރާމައަށް ނޫނެކޭ ބުނެ ރަޝިއާ މީޑިއާއެއްގެ ހުރިހައި މުވައްޒަފުން އޮންއެއާގައި އިސްތިއުފާދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިސްތިއުފާ ދިނުމަށް ފަހު ހުރިހައި މުވައްޒަފުން ސްޓޫޑިއޯ ދޫކޮށް ދަނީ

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ކުރާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ، ރަޝިއާގެ ޓީވީ ޗެނަލްއެއްކަމަށްވާ "ޓީވީ ރައިން"ގެ ހުރިހައި މުވައްޒަފުން އޮންއެއާގައި އިސްތިއުފާދީފިއެވެ.

Ads by WAMCO

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އެ ޗެނަލްގެ ހުރިހައި މުވައްޒަފުން އިސްތިއުފާ ދީފައި މި ވަނީ އެ ޗެނަލުން ޔޫކްރޭން ހަނގުރާމައިގެ ކަވަރޭޖު ގެނެސްދޭއިރު ، ޔޫކްރޭންއަށް ބުރަވާ ގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭތީ ރަޝިއާގެ ކަމާގުޅޭ އިދާރާއިން މުއްދަތެއް ނެތް ގޮތަށް އެ ޗެނަލް ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ޓީވީ ރައިންއިން އެންމެ ފަހުން ދެއްކި ޓެލެކާސްޓްގައި ޗެނަލްގެ ހުރިހައި މުވައްޒަފުން ވަނީ ސްޓޫޑިއޯގައި ތިބެ ލައިވްގައި ބައިވެރިވެފައެވެ. އަދި ހަނގުރާމައާ ދެކޮޅުކަން ފާހަގަކުރަމުން ، އިސްތިއުފާ އިއުލާންކޮށް ، އެންމެން ސްޓޫޑިއޯއިން ނިކުމެގެން ދިޔަ ތަން ވަނީ ދައްކައިފައެވެ. އޭގެ ފަހުން އެ ޗެނަލުން ދެއްކީ "ސްވޯން ލޭކް"ވީޑިއޯއެވެ. މިއީ ރަޝިއާގައި ކިޔައިއުޅޭ ތާރީޚީ ވާހަކައަކާ ގުޅޭ ގޮތުން އެ ގައުމުގެ މިޔުޒިކް ހަދާ މީހެއް މީގެ 140އަހަރަށް ވުރެ ކުރީން ހަދައިފައިވާ އެ ގައުމުގައި މަޝްހޫރު ރާގެކެވެ. 1991ގައި ސޯވިއޭޓް ޔޫނިއަން ރޫޅުމުން ރަޝިއާގެ ގައުމީ ޓީވީން ވެސް ދައްކަމުން ގެންދިޔައީ މި ވީޑިއޯއެވެ.

ރަޝިއާގައި އެންމެ މިނިވަންކޮށް ހިނގާކަމަށް ބުނާ ރޭޑިއޯ ، އެކޯ މޮސްކީ( އެކޯ އޮފް މޮސްކޯ)ހިންގާ ކުންފުނީގެ ބޯޑުން ވަނީ އެ ޗެނަލް ވެސް އުވައިލައިފައެވެ. ޔޫކްރޭން ހަނގުރާމައިގެ ކަވަރޭޖުގައި އެ ރޭޑިއޯއިން ވަނީ ޔޫކްރޭންގެ ނޫސްވެރީން މެދުވެރިކޮށް ޚަބަރުތައް ގެނެސްދީފައެވެ.

އެކޯ މޮސްކީގެ ރޭޑިއޯ ޗެނަލްގެ އެޑިޓަރު ބުނެފައި ވަނީ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި ރަޝިއާ ސަރުކާރުގެ ޕްރެޝަރު ކުރިމަތިވާ ކަމަށެވެ.

Ads by Ooredoo
  1. ގާދިރު

    ދެން ހުރިހާ އެންމެންދޭ މަހަށް ރަޝިޔާ މިހަގުރާމަ ކާމިޔާބު ކުރާނެ ﷲ އިރާދަކުރެއްވިއްޔާ އޭރުން ރަޝިޔާގެ ބާރު ޔޫރަޕުގައި ކުރިއަށް ވުރެއްވެސް ގަދަވީ ﷲ ހެޔޮ ރަހުމަތް ފުޅުން