އުރީދޫއާއި މެޓަ ކުންފުނި ގުޅިގެން ފޭސްބުކް މެދުވެރިކޮށް ޕްރީޕެއިޑް ރީޗާޖް ކުރެވޭގޮތް ހަދައިފި
އުރީދޫ މޯލްޑިވްސްއާއި މެޓަަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، އެޑް-އޮންސް ގަނެވޭނެ އިންތިޒާާމް ހަަމަަޖައްސައިފިއެވެ.
އުރީދޫ މޯލްޑިވްސްއިން މެޓައާއި ގުޅިގެން މި ޚިދުމަތް ފޭސްބުކް މޮބައިލް ސެންޓަރު ފޯރުކޮށްދީފައި ވަނީ، އެ ކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން، އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާ އެކު ޚިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށެވެ.
"ފޭސްބުކްއަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ހަަބަަރު ލިބިގަތުމަށާއި މުނިފޫހިފިލުވުމަށް ވެސް ބޭނުން ކުރާ ޕްލެޓްފޯމެއް. އެހެންކަމުން މި ޕާޓްނަރޝިޕާ އެކު އަޅުގަނޑުމެންގެ ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތައް ވެސް މެދުކެނޑުމެއް ނެތި ބޭނުންކޮށްލެވޭނެ. މެޓައާ އެކު އަޅުގަނޑުމެންގެ ޕަރޓްނަރޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ފޭސްބުކް މެދުވެރިކޮށް އެޑް-އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:
1. ފޭސްބުކަށް ލޮގިން ވުމަށް ފަހު މެނޫ ހިޔާރުކުރައްވާ
2. ސެޓިންގްސް އެންޑް ޕްރައިވެސީ ހިޔާރު ކުރައްވާ
3. "މޮބައިލް ސެންޓަރ-އުރީދޫ މޯލްޑިވްސް" ހިޔާރު ކުރައްވާ
4. ރިޗާާރޖް ހިޔާރު ކޮށް މައުލޫމާާތު ކަށަވަރު ކުރައްވާ
އުރީދޫ މޯލްޑިވްސްއިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވަރޝަން ވެސް ފަހިކޮށްދީފައެވެ. މި ހިދުމަތްތަކާ އެކު، އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލައި ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުން ކުރެވޭނެއެވެ. މިއަދު މި ތައާރަފް ކުރި ޚިދުމަތާ އެކު ޕްލެޓްފޯމް ތެރެއިން ރިޗާރޖްކޮށް، ޓެކްސްޓް އޮންލީ ވަރޝަންއިން ފޭސްބުކްގެ ފުރިހަމަ ވަރޝަންއަށް ބަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަލައިލެވޭނެއެވެ.