ބޮޑެތި މަގާމުތައް އަދާ ކުރުމަށް އަންހެނުންނަށް ފުރުސަތު ލިބޭ ތަނެއް ނުފެނޭ: ޝިދާތާ

ބޮޑެތި މަގާމުތައް އަދާ ކުރުމަށް ގާބިލު އަންހެނުންނަށް ފުރުސަތު ލިބޭ ތަން ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަތި އުތުރު ރީޖަންގެ ނައިބު ރައީސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝިދާތާ ވިދާޅުވީ، އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެމްއެންޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ތައުލީމު އުނގެނުމުގައި އަންހެނުން، ފިރިހެނުންނަށް ދޫނުކޮށް، މަތީ ސެޓްފިކެޓްތައް ހޯދަމުން އައި ނަމަވެސް، ކުރިއަށް ދިޔުމުގެ ފުރުސަތު ލިބުމުގައި އަންހެނުންނާއި ފިރިހެނުންނާ މެދު ހަމަހަަމަ ކަމެއް އަދިވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އިސް ސަފުތަކުގައި އަންހެނުން މަދީ، އެއްގޮތަކަށް ވެސް ގާބިލު އަންހެނުން ނެތިގެނެއް ނޫން. އަންހެނަކު މިސާލަކަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ލާ ކަމަށް ވަންޏާ، ސުވާލު އާދޭ އޭނައަށް މިކަން ވާނެހޭ؟" ޝިދާތާ ވިދާޅުވިއެވެ.
ދިވެހި މުޖްތަމައުގެ ދެބައިކުޅައެއްބަަޔަށް ވުރެ ގިނައީ އަންހެނުން ކަމަށާއި، އަންހެނުންނާ ނުލައި ނޫޅެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުުމުތަކަށް ބަލާއިރު، އަންހެނުންގެ ހައްގުތައް ކަށަވަރު ނުކުރެވި ގިނަ ގައުމުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ އަސާސީ ތައުލީމު ލިބިގަތުމުގެ ހައްގުން މަހުރޫމްވެ، ގެއިން ބޭރަށް ނުނިކުމެވޭ ހާލަތުގައި ވެސް އަންހެނުން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ، މިކަންކަމުގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައި. އަޅުގަނޑުމެންގެ ގައުމުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ތައުލީމީ ހަަމަހަމަ ފުރުސަތުތައް ލިބޭ." އޭނާ ވިދާޅުވިއެވެ.
އަންހެން ވިޔަސް ފިރިހެން ވިޔަސް މަޤާމުގެ ބޭނުމުގައި ސިދާތާ ތިޔަ އުޅެނީ ހުތުރުކޮށް