ޚަބަރު ސިޔާސީ

ވަޒީފާގެ ބިރު ދެއްކުން މި ސަރުކާރުގައި މެކުހަށް ޖަހައިފި: ޝިދާތާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސަރުކާރުގައި ވަޒީފާގެ ބިރު ދެއްކުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް، އަމިއްލަފުޅަށް އިސްތިއުފާ ދެއްވި މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާއަށް އެމްއެންޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.

މިގޮތުން ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރަން ގިނަ ބަޔަކު ނިކުތީ، އެ ސަރުކާރުން ގެންގުޅެމުން އައި އަނިޔާވެރިކަމުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހާލަތު ބަދަލު ކުރަން އައި ފަރާތްތަކުން އަމަލުތަކުން ރައްޔިތުން ނާއުންމީދު ވެފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

"އޭރުގައި އޮތް ސަރުކާރު ބަދަލު ކުރުމަށް ޓަކައި އަޅުގަނޑުމެން އެންމެ ބާރަށް ދައްކަމުން ދިޔަ އެއް ވާހަކައަކީ، ސަރުކާރުން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓުވުން. ބޭއިންސާފު ނެތިކޮށް، އިންސާފު ޤާއިމް ކުުރުމަށް. އަނިޔާވެރިކަން ހުއްޓުވުމަކަށް ގެނައުމަށް. އެކަމަށް ޓަކައި މިއަދުގެ ސަރުކާރަށް ކޮންމެ ރަައްޔިތަކު ވޯޓު ދިނީ. މިއަދުގެ ސަރުކާރަށް ވޯޓް ދިނީ މިދެންނެވި ބަދަލު ގެނައުމަށް ޓަކައި." ޝިދާތާ ވިދާޅުވީ، ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހާލަތު ގޯސް ކަމަށެވެ.

ބިރުދެއްކުން ތަކުރާރުވަމުންދާ މަންޒަރު އެބަފެނޭ. ވަޒީފާގެ ބިރު ދެއްކުން އިހުނަށް ވުރެ މެކުހަށް ޖަހައިފައި އޮތްތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ބޭއިންސާފު އާއްމު ވަމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ވައްކަމާއި ކޮރަޕްޝަން އެތަން މިތަނުން ހިނގަމުންދާތަން އެބަ ފެނޭ. އެކަންކަމަށް އަޑު ނުއުފުލާ ނުތިބޭނެ،

ޝިދާތާގެ ވާހަކަފުޅުގައި ވަޒީފާއަށް ދައްކާ ބިރު ހުއްޓައިލާން ސަރުކާރަށް ވަނީ ގޮވައިލައިފައެވެ. އަދި މިއަދު ވަޒީފާގެ ބިރުން ފަހަތަަށް ޖެހޭނެ ރައްޔިތުން ނުތިބޭނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ، އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ، މިފަދަ ކަންކަން ހުއްޓުވުމަށް ކަމަށެވެ. މިގޮތުން ބިރު ދައްކައިގެން ވަޒީފާއިން ވަކިކޮށް ފިނަމަ، އެމީހެއްގެ ދިފާއުގައި، އެމީހަކަށް އިންސާފު ހޯދައިދޭން އެ ޕާޓީން ނިކުންނާނެ ކަމަށް ޝިތާދާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ މިމަހު ފަސްވަނަ ދުވަހުއެވެ.

Ads by Ooredoo
  1. ޝިދާތާމެން ބޭނުންވި ގޮތެއް ނޫންބާ ތިއީ، ތި މީސްމީހުން ކަރުން ނޫނާރު ހިއްލައިގެން ގައިގަ ހުރިއްޔާ ހުރި ހަކަތައެއް ހުސްކޮށްލައިގެން ގެނައިި އަމާން އޮމާން ވެރިކަން ނޫންބާ މިއޮތީ، ދެން ކޮން އަނގައެއް ތަޅާކަށް، އަތްޖަހާ ސަނާކިއަން ތިބޭބަލަ،! ތިއޮތީ ސޯލިހެއް ވެރިކަމަށް އަރުވާފަ، ދެން އަތްޖަހަން ތިބެބަލަ.