ހަލުވި ސްޕީޑާ އެކު އުރީދޫ ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހޮޅުދުއަށް
ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނ.ހޮޅުދުށް މިއަދު ތައާރަފްކޮށްފިއެވެ.
"ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފެންވަަރު ރަނގަަޅު އިންޓަނެޓްގެ ޚިދުމަތް މުހިންމު. އަަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތްކުރަމުން މިދަނީ %100 އާބާާދީއަށް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މިދިޔަަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ގިނަަަ ރަށްތަކަކަށް މި ޚިދުމަަތް ފޯރުކޮށްދިނުމަށް ރޭވިފައިވޭ. އެގޮތުން މިއަދު އަޅުގަނޑުމެން މި ވަނީ ސުޕަރނެޓްގެ ޚިދުމަތް ނ. ހޮޅުދުށް ތައާރަފްކޮށް، ހޮޅުދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވައިލަދީފައި. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖުތަކަކީ މާކެޓްގައި އެންމެ ރަަނގަޅު ޕެކޭޖްތަައް. ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޚިދުމަތްތަައް ފޯރުކޮށްދިނުމުގަަައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު %100އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެއެވެ.
ހޮޅުދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮ އަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް http://ore.do/getsupernetއަށް ޒިޔާރަތް ކުރައްވާށެވެ.