ހަލުވި ސްޕީޑްތަކާ އެކު އުރީދޫ ސުޕަރނެޓްގެ ހިދުމަތް ދިއްފުއްޓަށް
ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ކ. ދިއްފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ.
"ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ %100 އާބާާދީއަށް ފޯރުކޮށްދިނުމަށް އަަޅުގަނޑުމެން މިކުރާ މަސައްކަތުގެ ދަށުން މިއަދު މިވަނީ ކ.ދިއްފުއްޓަަށް ސުޕަރނެޓްގެ ހިދުމަތް ތައާރަފްކޮށްފައި. ސުޕަރނެޓްގެ ހިދުމަތާއެކު ދިއްފުށީގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވައިލަދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ހިދުމަތް އެކުލެވޭ މި ޕެކޭޖުތަަަކަަކީ މާކެޓްގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތަައް. ކުރިއަށް އޮތްް ތަނުގައި ވެސް ދިވެހިންގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްދިނުމުގައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަގީންކަން އަރުވަން" އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު %100އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވަރގެ ހިދުމަތާ އެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެއެވެ.
ދިއްފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް http://ore.do/getsupernetއަށް ޒިޔާރަތް ކުރައްވާށެވެ.