ލައިފްސްޓައިލް

ތަށި ދޮތުމަކީ ސްޓްރެސް ފިލާ ކަމެއް

ދެން އެމްވީ ، ދެން އޮންލައިން

ތަށި ދޮތުމަކީ ވަރަށް ގިނަ ބަޔަކު ކުރަން ފޫހިވާ ކަމެކެވެ. ބައެއް މީހުންނަށް ތަށި ދޮތުމަކީ ކެއްކުމަށް ވުރެ ބޮޑު ކަމެކެވެ. އީދު ދުވަހެއް ނުވަތަ ހުކުރު ދުވަހެއް ނަމަ އަދި މި ކަންތައް ވަކިން ބޮޑުވެއެވެ.

Ads by STELCO

ނަމަވެސް ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ތަށި ދޮތުމަކީ މީހާގެ ސްޓްރެސް ލެވެލް ކުޑަ ކޮށްދޭ ކަމެކެވެ. ބޭނުންވަނީ ކުޑަ ހިތްވަރަކާއި ޝައުގެކެވެ.

މި ދިރާސާގައި 51 ދަރިވަރުން ތަށި ދޮންނަ ތަން އޮބްސާވްކޮށް ދިރާސާ ކޮށްފައި ވެއެވެ. އަދި ދޮންނަން ފެށުމުގެ ކުރިން ކޮންމެ ކުއްޖަކަށް ތަށި ދޮތުމާ ގުޅޭ ގޮތުން މެސެޖެއް ވެސް ދީފަ އިވެއެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ކުރާ ހިތުން ޝައުގާއެކު ތަށި ދޮވުނު ކުދިންގެ ސްޓްރެސް ލެވެލް 27 ޕަސެންޓު ކުޑަވެފައި ވެއެވެ.

ތަށި ދޮންނަ ހިތް ނުވާ ފަރާތްތައް ވެސް ދެން ޝައުގުވެރިކަމާއެކު ތަށިތައް ދޮވެލަން މަސައްކަތް ކޮށްލާށެވެ. ކެއްކުމުގެ ސްޓްރެސް އާއި ސިކުނޑީގައި ހުރި އިތުރު ސްޓްރެސް ތައް ވެސް ކުޑަ ވެގެންދާނެ ކަން ޔަގީނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!