ޚަބަރު

ކުށްތަކުގެ ސަބަބުން މުޖުތަމަޢުގައި ނުގެންގުޅެވޭ ޙާލަތަށްދާ ކުދިންނަށް ޚާއްސަ ފެސިލިޓީއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުށްތަކުގެ ސަބަބުން މުޖުތަމަޢުގައި ނުގެންގުޅެވޭ ޙާލަތަކަށްދާ ކުދިންނަށް އެންމެ ފަހު މަރުޙަލައިގައި ފަރުވާދޭ "ލޯންގްޓަރމް ސެކިޔަރ ފެސިލިޓީ"އެއް ވަރަށް އަވަހަށް ޤާއިމުކޮށް ޚިދުމަތް ފަށާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަޙުމަދު މުޙައްމަދުފުޅު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިސްނެންގެވުމުގެ ދަށުން ކަމާއި ގުޅުންހުރި އިދާރާތަކަށް ކުރިއަށް ގެންދިޔަ "ޖުވެނައިލް ޖަސްޓިސް ޓްރެއިނިން" ނިންމުމުގެ ރަސްމިއްޔާތުގައެވެ.

އަޙުމަދު މުޙައްމަދުފުޅު ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ އެ ކުދިންނަށް ޚާއްސަ ރައްކާތެރިކަމެއް ލިބިގެންވާ ކުދިންތަކެއް ކަމަށް ދެކިގެން ތައްޔާރުކުރެވިފައިވާ ޤާނޫނެއް ކަމަށެވެ.

އަދި ކުރީގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް ވިސްނާއިރު، ބޮޑެތި މީހުންނަށް ކަންކުރާ އުޞޫލުން ކަންތައް ކުރުމުން ކުޑަކުދިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާކަމަށް ފާހަގަކުރެވިފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި އެ ކުދިން އަލުން އަނބުރާ މުޖްތަމަޢަށް ގެނައުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމަށް ތަޖުރިބާ ކުރެވެމުމުންދާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!