މުޒާހަރާއާ ދިމާކޮށް ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށްފި

މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނޭވާހޮޅިއަށް" މުޒާހަރާއާ ދިމާކޮށް، ޕީޕީއެމް އޮފީސް ސަރަހައްދު ބަންދުކޮށްފިއެވެ.
ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ސައިކަލު ނުދުއްވޭ ގޮތަށް ބަންދުކޮށް އެ ސަރަަހައްދުގައި ސަލާމަތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއަދު މެންދުރު 2ގައި ޕީޕީއެމް އޮފީސް ސަރަހައްދު ހުންނަ މަގުތައް ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ވަނީ އިއްޔެ އިދިކޮޅަށް އަންގަވައިފައެވެ. ފުލުހުން ވިދާޅުވީ މި އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ބާއްވާ އެއްވުމަކަށް ނުވާތީ މި އެއްވުން ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް އަންގަވައިފައިވާ ކަމަށެވެ. މި އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ވެސް އިލްތިމާސް ކުރައްވައިފައިވެއެވެ.
ފުލުހުން މި ގޮތަށް އަންގައިފައިވީ ނަމަވެސް މި ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އެއްވުމަކީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ބާއްވާ އެއްވުމަކަށް ނުވާތީ މި އެއްވުން ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް އަންގާފައިވާ ކަމަށް ފުލުން ބުނާއިރު ނުބާއްވާ އެއްވުމެއް ކިހިނެއް އެނގޭނި ސުލްހަވެރިކަމެއް ނުވަތަ ނޫންކަމެއް، ތިތިބީ ހަމަ ރަނގަޅައްވެސް ނޭވާ ހޮޅިއަށް އެޅިފަ!!