ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފެމިލީ ކޯޓަށް އިސް ގާޒީއަކު އައްޔަންކޮށްފި

ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފެމިލީ ކޯޓަށް އިސް ގާޒީއަކު މިއަދު އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އައްޔަނުކުރި ހުޒައިފާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.
ހުޒައިފާ ފަނޑިޔާރުކަމަށް އައްޔަންކުރީ 2017ވަނަ އަހަރުގެ ޖުލައި މަހުގެ 11ވަނަ ދުވަހުގައެވެ.
ހުޒައިފާއަކީ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޒީ ކަމުގެ މަގާމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއެވެ.
އަދާލަތު ޕާޓީގެ ޝޭހުންގެ ދަރިން ކައިވެނި ޢަޤުދު ކޮށް ދެއްވަން އައްޔަން ކުރެއްވި ކަބަލެއްތޯ ؟