ދުނިޔެ

ލަންކާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވާނެ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމަވައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އެއީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

ލަންކާގެ ނިއުސް ފަސްޓް ނޫހުގައި ބުނެފައި ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބޮޑުވަޒީރުގެ މީޑިއާ ސެކްރެޓަރީ އެ ނޫހަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުން ދާތީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ވަނީ ކުއްލި ހާލަތު ވެސް އިއުލާން ކުރައްވައިފައެވެ.

22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ޒަރޫރީ ބޭނުންތައް ނުފުދުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ކަރަންޓް ކެނޑުމުގެ ދަތިކަން ކުރިމަތިވަމުން ދާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!