ޚަބަރު ސިޔާސީ

ޕީޕިއެމްއިން މީހުން މަދުވި މައްސަލައިގައި އީސީން އޯޑިޓް ރެޖިސްޓްރޭޝަނެއް ހަދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އޮޅުވައިލައިގެން އިދިކޮޅު ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެހެން ޕާޓީތަކަށް ވައްދައިފައިވާ ކަމަށް ބުނެ ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރަޖިސްރޭޝަން ސެކްޝަންގެ އޮޑިޓެއް ހަދަން ނިންމައިފިއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި، ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން މަދުވެފައިވާ ކަމުގެ ޝަކުވާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި މާދަމާ ވެސް އެ ޕާޓީއާ ވަކިން ބައްދަލު ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވެފައިވެއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޕީޕީއެމްގެ 5000 ވަރަކަށް މެންބަރުން ވަނީ އެހެން ޕާޓީތަކަށް "ވަގަށް" ގެންގޮސްފައި ކަމަށެވެ.

މި މައްސަލަ އީސީން ބައްލަވައި، އެކަން ކުރި ބަޔަކު ޖޫރިމަނާކޮށް، ފިޔަވަޅު އަޅައި އަދި އެ މެންބަރުން ޕީޕީއެމްއަށް އަލުން ވެއްދުމަށް ވެސް ތޮލާލް ގޮވައިލައްވައިފައިވެއެވެ.

މިކަމާ ގުޅިގެން އީސީގެ ރައީސް ވިދާޅުވީ އެއްފަހަރާ 5،000 މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވެފައިނުވާ ކަމަށާއި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، ވެރިކަންކުރާ ޕާޓީ ނުވަތަ ކޯލިޝަން ޕާޓީއަށް ބަދަލުވާ ބަޔަކު ވެސް އުޅޭތީ އެގޮތަށް މެމްބަރުން ބަދަލުވުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!