ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޅ.ހިންނަވަރަށް ވަޑައިގަތުމުން، އެރަށުން ބަޔަކު އީވާ އަށް "ބަވާލި" ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ރައީސް ޞާލިހަށް ސީދާ އަމާޒުކޮށް ބަހުގެ ހަމަލާއެއް ދެއްވައިފައި ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ހިންނަވަރަށް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާ" ލައިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގަލޮޅަށް ވަޑައިގަތުމުން އެހެން ހައްދަވަންވީތޯ ރައީސް ނަޝީދު ވަނީ ސުވާލު ކުރައްވައިފައެވެ.
“ހިންނަވަރަށް އީވާ ދިއުމުން މީހުން ފޮނުވައިގެން "ބެވީ" ދެން އިބޫ (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް)އަށް ގަލޮޅުން އެހެން ހަދަންވީތަ؟“
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީއާއި، ގޮލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ މިއަދު ރައީސް ޞާލިހުގެ އުފަން ރަށް ހިންނަވަރަށް ވަޑައިގަތުމުން، ހިންނަވަރުގެ ތާއީދު އިންތިއަށް ނެތްކަމަށް އެ ރަށުގެ ބައެއް ފަރާތްތަކުން ބުނެ ނުރުހުންފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅިގެން ރައީސް ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރަމުންނެވެ.
އީވާމެންނަށް ހީވާކަހަލަ އަބަދު ތިޔަވައްތަރަށް ފުއްޕާފަ އުޅެވަެނެޔޭ.. ޖެހޭނީ ހަމަ ސައިޒުވާން