އަކުރު ބަދަލުކޮށްގެން "އިންޑިއާ އައުޓް" ޖެހުމަކީ އަމުރަށް ގޮންޖެހުން: ކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވައިލާ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިން ބެނާތަކުގައި ސްޕެލިންގ ބަދަލުކޮށް، އަދި އިންޑިއާގެ ނަން ގެނައުމެއް ނެތި މަންޒަރުން އެކަން ސިފަކުރެވޭ ގޮތަށް ބެނާތައް ހެދުމަކީ އިންޑިއާ އައުޓް ބެނާތައް ނަގަން ކުރިން ނެރެފައިވާ އަމުރަށް ގޮންޖެހުން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން މިިހެން ވިދާޅުވެފައި ވަނީ، "އިންޑިއާ" އައުޓް ދޭހަވާ ގޮތަކަށް އިންޑިއާ ދިދަ ބޭނުންކޮށް، ޕީޕީއެމް އޮފީހުގެ އިމާރާތުގައި ދަމައިފައިވާ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދިން އަމުރުގައެވެ. މި އަމުރު އޮންލައިން ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ޕީޕީއެމްއިން ރޭ ބުނެފައި ވަނީ ފުލުހުން ޕީޕީއެމް އޮފީސް ހުރި އިމާރާތަށް ވަންނަން މަސައްކަތް ކޮށްފައިވަނީ ކޯޓު އަމުރެއް ނެތިއެވެ.
މި އަމުރުގައި ވިދާޅުވެފައި ވަނީ، އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭ ފަދަ އަދި އިންޑިއާގެ ދިދައަށް އިހްތިރާމް ކުޑަވާ ފަދަ ކުރެހުންތަކުގެ ގްރެފިޓީއާއި ބެނާތައް މާލޭގެ އެކި ތަންތަނުގައި ހަރުކުރަމުން ދަނީ ކޯޓު އަމުރާ ނިންމުމަށް ގޮންޖެހުމަށް ފަހު ކަމުގައި ކަމަށެވެ.
ގާޒީ ހުސައިން ފާއިޒް ރަޝާދު ނެރުއްވި އެ އަމުރުގައި އިތުރަށް ވިދާޅުވެފައި ވަނީ، އިންޑިއާގެ ގައުމީ ދިދައާ ވައްތަރު ގޮތަށް ބެނާއެއް ހެދުމަށްފަހު އޭގައި "އައުޓް" ލިޔުމަކީ ހާރިޖީ ގުޅުންތަކަށް އަސަރުކޮށް، އޭގެ އަސަރު ދިވެހިންނަށް ކުރާނެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ޠގއމ ދފދތރ ބ
މޯދީގެ އަވާގައި ޖެހި ގައުމު ސުންނާފަތި ކޮށްލައިފި
ކޯޓުން ޣައިރު ދުސްތޫރީ އަމުރު ނެރޭނަމަ އެހެންވެސް ވާނެ