ބަލިން ސަލާމަތްވާނެ ކަމުގެ އެންމެ 1% ޔަގީންކަން ދިން ކެލިފޯނިއާ މީހަކު ކޮވިޑުން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިގެން ހާލު ވަރަށް ބޮޑަށް ސީރިއަސްވި ކެލިފޯނިއާ މީހަކު މިބަލިން އެއްކޮށަ ރަނގަޅު ވެއްޖެއެވެ.
އުމުރުން 54 އަހަރުގެ ގްރެގް ގާފީލްޑް ނަމަކަށް ކިޔާ އެމީހާ ހޮސްޕިޓަލުގައި މުޅިއަކު 64 ދުވަސް ހޭދަކޮށްފައިވެއެވެ.
އޭގެތެރެއިން 31 ދުވަސް ވެންޓިލޭޓަރުގައި ހޭދަ ކޮށްފައިވާއިރު މިބަލީގެ ސަބަބުން އޭނާގެ އަތުގެ ހުރިހާ އިނގިއްޔެއްހެން ބުރިކޮށްލަން ވެސް ޖެހުނެވެ. ޑޮކްޓަރުން އެއިރު ބުނީ އޭނާ ސަލާމަތްވެވޭނެ ކަމުގެ އޮތީ އެންމެ 1% ޔަގީންކަން ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ގްރެގް ބަލިވީ ރަށްޓެހިންތަކަކާއެކު އިޓަލީގެ އުތުރު ފަރާތަށް ސްކީ ކުރަން މިއަހަރުގެ ފެބްރުއަރީ މަހު ދިޔަ ފަހުންނެވެ.
ބަލިން ފަސޭހަވާނެ ކަމުގެ އުންމީދު ކަނޑާލެވުނު ގްރެގް މިހާރު ވަނީ މިބަލިން އެއްކޮށް ރަނގަޅުވެ، ގެއަށް ވެސް ފޮނުވާލާފައެވެ.