ޚަބަރު

އިންތިއަށް ވޯޓްދީ ކޯލިޝަން ސަރުކާރެއް ބޭނުމެއް ނޫނޭ ބުނޭ: އަލީ އާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި އެމްޑީޕީގެ ހުރިހައި މެންބަރުން ނިކުމެ، ކޯލިޝަން ސަރުކާރެއް ބޭނުން ނުވާ ކަމަށް ވޯޓް ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޗެއަރޕާސަންގެ އިންތިޚާބުގައި އިންތިގެ އިތުރުން ދެން ވާދަ ކުރައްވަނީ، ރައީސް ޞާލިޙް ތާއީދު ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. އިންތިއަށް ތާއީދު ކުރައްވަނީ ރައީސް ނަޝީދެވެ.

އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިއާއި އިންތިގެ ޓީމުގެ މަސައްކަތްތައް ފެންނަ ކަމަށާއި، މި އިންތިޚާބު އިންތިގެ ޓީމުން ކާމިޔާބު ކުރާނެ ކަމަށެވެ.

"އިންތިއާއި އިންތިގެ ޓީމުގެ މަސައްކަތްތައް ފެނި މި އިންތިހާބު އިންތި ކާމިޔާބު ކުރާނެކަމާ މެދު އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް. ތިޔައީ ގަދަ ޓީމެއް. އެމްޑީޕީގެ އެންމެން ނުކުމެ އިންތިއަށް ވޯޓުއަޅައި ވޯޓު ފޮށި ފުރާލާ. ކޯލިސަން ސަރުކާރެއް ބޭނުމެއް ނޫނޭ ބުނޭ." އާޒިމް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އޭސީސީގަ ކުރިންއުޅުނު މީހެއް

    1 މިލިއަން ޑޮލަރު ބައެއްގެ އަތުން ނަގާފަ އަދި އިތުރު 22 މިލިއަން ލިބޭގޮތަށް ފަޅުރަށެއް ބަޔަކަށް ދިނިންތޯ؟ އަދީބުގެ އަތުން 2 މިލިއަން ގެންދިޔައިންތޯ؟ ރައީސް ޔާމީނުގެ ވެރިކަން އަޒުލުކުރަން އަދީބުއާއެކު ޑީލަކަށް އެރިންތޯ؟ ރީކޯ މޫސާމަނިކު އަކީ ޓީސީ އަށް ރާ ވިއްކަންހުރި ގުދަނެކޭ ބުނިންތޯ؟ އެމްޑީޕީއަށް ސޮއިކުރީ ރިސޯޓެއްގެ ބޭނުމަކު ނޫންތޯ؟ އިންތިއަށް ތައީދުކުރަން ނިންމީ ރައީސް ނަޝީދު ދީފައިވަ ދަރަންޏަށްޓަކައި ނޫންތޯ… ދެން ލަލަލާ

  2. ވިކިލީކުސް.

    ރައީސް ނަޝީދުގެއަތުން އަލީ އާޒިމްވަނީ ގިނައަދަދެއްގެ ފައިސާ ނަގާފަ. ވީމާ ރައީސް ނަޝީދުގެ ސްޓޭންޑަކީ އާީމްގެ ސްޓޭންޑް. ކަނބިލިފަރުގެ 12375 ޝެއާއެއް އާޒިމް ވަނީ އެހެން މީހުންގެ ނަންތަކަށް ބަދަލުކޮށްފަ. އަދި ނަލަވެލި ރިސޯޓުގެ 50 ޕަސެންޓް އާޒިމް ވަނީ ހޯދާފަ. އަސި ޓްރަވިސްޓާ ރިސޯޓްގެ 250 ޝެއާ އާޒިމް ވަނީ ހޯދާފަ. މިޝެއާތައް ގަތުމަށް ޑީލްހެދީ ކެނެރީގޭ ބޭފުޅަކާ. އެގޮތުން ކުރެޑިޓަށް އެތައް މިލިއަން ރުފިޔާއެއް ވަނީ އާޒިމަށް ދީފަ. ސިއްރު ޝެއާގެ ގަތުމަށް 1 މިލިއަން ޑޮލަރުގެ ޕޭމެންޓެއް ދިންކަމަށްވެސްވޭ

  3. މެދުހެންވޭރު ކަޅޭ

    ވެލިކާ ގްރޫޕްވެސް ބޭނުމެއް ނޫން.