ޚަބަރު

އަމީނީ މަގުގައި ތާރު އަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Police MV, Maldives Police Servce
ތާޅުއަޅާފައި އޮންނަ ބޭރު މަގު

ވަރަށް ބޮޑަށް ހަލާކުވެފައިވާ، އަމީނީ މަގުގައި ތާޅު އެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މި ޕްރޮޖެކްޓަކީ ރައީސް ޔާމީންގެ ދުވަސްވަރު ފެށި، މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ކުރިޔަށް ގެންދިއުމަށް ރާވައިފައިވާ މަސައްކަތެކެވެ

ދައުލަތުގެ މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކު ވިދާޅުވީ، ކުރިން ޕްލޭންކޮށްފައިވާ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން، އަމީނީ މަގުގައި ވެސް ތާރު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެ މަގުގައި 10.2 މީޓަރު ފުޅާމިނަށް ތާރު އަޅައިގެން ތަރައްޤީ ކުރާނެ ކަމަށެވެ.

މާލޭގެ މަގުތައް ތާޅު އަޅައި ތަރައްޤީ ކުރަން ފަށައިފައި ވަނީ 2017ވަނަ އަހަރުއެވެ. އޭރު މާފަންނު އިންޑަސްޓްރިއަލް ޒޯނުން ފެށިގެން، ހުޅުމާލޭ ފެރީ ޓަރމިނަލާ ހަމައަށް ތާރު އަޅާ 2018ވަނަ އަހަރު ވަނީ ހުޅުވައިފައެވެ.

މޫސާ އަލިމަނިކު ވިދާޅުވީ، "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 18 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމަވައިފައިވާ ކަމަށެވެ. އަދި އަމީނީ މަގު ހިމެނޭހެން ޖުމުލަ 15 މަގެއްގައި ތާރުއަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

  1. ޝަރީފް

    ކޮންދައުރަކު ނިންމާ ކަމެއްބާ

  2. ޑިމޮކްރަސީ

    ތިކަހަލަ ޚިޔާލީ ފޮލާ ކައްކުވައިގެން ރައްޔިތުން ގުބޯހެއްދުންނޫން ކަމެއްކުރަން ދަސްކުރަންވެއްޖެއެއްނު

  3. ޢަލީއަހު

    ކޮންމެތަނަކަށް ޔާމީނު ލާންޖެހހޭބާ. އެއްކޮޅައް ޖެހުނަސް ބޮޑުވަރު