މުޅި ދުވަހު އެއްކޮށް އަހަރުމެން މާސްކު އަޅަންޖެހޭ، އެކަމަކު ޝަކުވާއެއް ނުކުރަން: ވިކްޓޯރިއާގެ ނަރުހުން
ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވިކްޓޯރިއާގެ ރައްޔިތުންނަށް ވެސް މާސްކު އަޅައިގެން ބޭރަށް ނިކުތުމަށް އެތަނުގެ ސަރުކާރުން އަމުރު ކުރުމުން، ބައެއް ރައްޔިތުން އެކަމާއި ދެކޮޅުހަދާ ޝަކުވާ ކޮށްފިއެވެ.
އެ ޝަކުވާތަކާއި ގުޅިގެން ވިކްޓޯރިއާގައި ކޮވިޑްގެ ކަންތައްތަކުގައި ފްރަންޓްލައިނުގައި މަސައްކަތްކުރާ ބައެއް ނަރުހުންތަކެއްވަނީ، މާސްކު އަޅައިގެން ހުންނަންް ޖެހުމުން އެމީހުންގެ މޫނު މައްޗަށް ވެފައިހުރި ގޮތް ދައްކާލާ ވީޑިއޯއެއް އާއްމުނޮށްފައެވެ.
ނަރުހުން ބުނެފައިވަނީ އެމީހުން މާސްކު އަޅަނީ އެމީހުންނާއި އާއްމު ރައްޔިތުންގެ ވެސް ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އެގޮތުން އާއްމުންގެ ޚިދުމަތުގައި މުޅި ދުވަސް މާސްކު އަޅައިގެން ހުންނަން ޖެހުނު ކަމުގައި ވިޔަސް އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވެސް ނަރުހުން ބުނެފައިވެއެވެ.
"އަހަރުމެންނަށް އެބަ ޖެހޭ މުޅި ދުވަހު އެއްކޮށް މާސްކު އަޅައިގެން އުޅެން. މޫނު މައްޗަށް ވެފައި ހުރި ގޮތް ބަލާލަބަލަ. ތިބޭފުޅުންނަށް މާސްކު އަޅައިގެން ހުންނަން ތިޖެހެނީ އެންމެ ބައި ގަޑިއިރު ނުވަތަ ގަޑިއިރެއްހާއިރަށް. ޝަކުވާ ނުކުރައްވާ! ފަރުދީ ޒިންމާ އަދާ ކުރައްވާ!" ނަރުހުންް ބުނެފައިވެއެވެ.
ވިކްޓޯރިއާގައި މާސްކު ނާޅާ އުޅޭ ކޮންމެ މީހަކު 200 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެއެވެ. ރައްޔިތުން ބޮޑަށް ޝަކުވާ އުފުލާފައިވަނީ މިސަބަބަށްޓަކައެވެ.