ކޮވިޑް ފެނިފައިވާ ރަށް ރަށުގައި މާސްކު އެޅުން މަޖުބޫރު ކޮށްފި

ކޮވިޑް ފެނިފައިވާ ރަށް ރަށުގައި މާސްކު އެޅުން މަޖުބޫރު ކޮށްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޗަތު ސާމިޔާ ވިދާޅުވީ މިބަލި ފެތުރުން މިހާރު އަނެއްކާވެސް އިތުތުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިބަލި ފެނިފައިވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކަމަށާއި އެހެންނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގެ ހުރިހާ ރައްޔިތުންް ވެސް މާސްކު މުހިންމު ކަމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްއީއޯސީން ވަނީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ.