އިންޑިއާ އައުޓް ހިންގާތީ ހައްޔަރު ކުރި މުޙައްމަދު އިސްމާއީލް ދޫކޮށްލަން ހުކުމްކޮށްފި

"އިންޑިއާ އައުޓް" ކެމްޕޭން ހިންގާތީ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް މިއަދު ދޫކޮށްލައިފިއެވެ.
ކޯޓް އަމުރެއްގެ ދަށުން އިއްޔެ އޭނާ ހައްޔަރުކުރީ ސްޓާ ސިނަމާ ކައިރިން މަގުމަތިންނެވެ. އޭނާއާ އެކު ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވެސް ހައްޔަރު ކުރިއެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިސްމާއިލް ދޫކޮށްލަން އަމުރުކޮށްފައެވެ. އަދި ތަކަނޭގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން މިދިޔަ މަހު ކަނޑައަޅައިފައި ވެއެވެ. އިދިކޮޅުންނާއި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ބުނަމުންދަނީ އެއީ ޣައިރުޤާނޫނީ ޤަރާރެއް ކަމަށެވެ.
ގަޒީންތަށްވެސް ބިރުގަނޭ މެމްބަރުންދެކެ. ސަދޫމު ޖަސްޓިސް