ޚަބަރު

އަންހެނެއް ފަހަތުން ދުވީ އެމްއެންޑީއެފް ޔުނިފޯމުގައި ހުރި އިންޑިއާ ސިފައިންގެ މީހެއްކަމަށް ތުހުމަތުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުޒާހަރާގައި، މުޒާހަރާގެ އަންހެން ބައިވެރިއެއްގެ ފަހަތުން ދުވެފައި ވަނީ އިންޑިއާ މީހެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

Ads by MWSC

އިދިކޮޅުގެ މުޒާހަރާގެ ބައިވެރިޔަކު ފަހައި ސިފައިންގެ މީހަކު ދުވާ ވީޑިއޯއެއް ޓްވިޓަރގައި ހިއްސާ ކުރައްވަމުން ސައީދު ވިދާޅުވީ، ދިވެހި ސިފައިން އެހެން ނޫޅޭނެ ކަމަށާއި އެމްއެންޑީއެފް ޔުނިފޯމުގައި އިންޑިއާ ސިފައިންނަށް އުޅެވިގެން ނުވާނެ ކަމަށެވެ. އަދި ސިފައިންގެ ޔުނިފޯމުގައި ދުވަނީ ކާކުތޯ ބަލަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

އިދިކޮޅުން މިހާރު ސިލްސިލާކޮށް ބާއްވަމުން ގެންދާ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ރޭ ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސް ޞާލިޙް ވަނީ ޤަރާރެއް ނެރުއްވައިއެވެ. ނަމަވެސް އެއީ ޣައިރުޤާނޫނީ ބަޔާނެއް ކަމަށާއި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ވިދާޅުވެއެވެ.

  1. ސާބަހޭ ނުހާ، ޗީޗީ ގާނޫނު އަސާސީއިން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ދީނާޚިލާފު ނުވާ ގޮތަށް އެމީހހެއްގެ ވިސްނުމާއި ޚިޔާލަށް އަންނަ އެއްޗެއް ބުނުމަކީ، މި މައްކާރު ސަރުކާރުގެ ރައީސްމިހާ މި އުޅުއްވަނީ އެކަންވެސް ގައުމުގެ ރައިްޔަތުންގެ ކިބައިން ފޭރިގަންނަންތޯ؟ ދިވެހި ގައުމުގެ ޚަޒާނާއިން ބޮޑުމުސާރަދިގެން ގައުމީ ދިފާއުން މިހާރު މިނެރެނީ ގައުމުގެ ރައިއްޔަތުންގެ އަނގަ ބންދުކޮށް އަތްފައި ބަދެގެން ގެންގުޅެވޭނެ ކަމަށްތޯ؟ ނުވާނެ އެކަމެއް 9 މީހުން ހައްޔަރު ކޮށްފިއްޔާ އޭގެ 10 ގުނަ ނުކުންނާނެ، އިންޑިއާއިން މި ގައުމުގެ ވެރިކަން ގަނެދިނަކަސް ނުޖެހޭ އިންޑިއާއަށް އަޅުވެތި ވާކަށް، ބިލޭއެހީއޭ ކިއައިގެން މިގައުމަށް ނުތަކާވަރުގެ ބޮޑެތި ލޯނުތައްދީ ގައުމު އިންދިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދާނަމަ އެވާހަކަ ދައްކާނެ އެކަން ހުއްޓުވާނެ، އިންޑިއާ މިގައުމުން ބޭރު ކުރާނެ، އިންޝާﷲ، އަޅުވެތިކަމށްވުރެ މިނިވަންކަން ބަޑަށް މަރުވާން ތިބުންވެސް މާ ހިތްހަމަ ޖެހޭ، އޭގެ ހެއްކެއް އިނގިރޭސީންގެ އަޅުވެތި ކަމުގާ ތިބިއިރު ލިބުނު ހިތާމަޔާ ހިތްދަތިކަން، ހަމަ ބަޑަށް ޖެހިފާ ތިބީ، މިގައުމު މިނިވަންވީއރިރު ދަރަނިކާޑު ކިއާ ބޮޑު ދަރަންޏެއް އޮތް މިގައުމުގެ ބޮލުގާއެޅިފަވެސް، ދެން އެ ބުނަނީ އިންޑިއާއިންނޭ ކާއެއްޗެހިލިބޭނީ ގައުމު ބަނޑަށްޖެހޭނޭ ހަމަ އިންޑިއާގެ އަޅުވެތިކަމަށް ދިއަސް ހަމަ އިނގިރޭސީންގެ އަޅުވެތިކަމަށްވުރެ އަދި ނިކަމެތިކަންމާބޮދުވާނެ، އިންޑިއާ އެ އުޅެނީ އެގައުމުގެ ރައިއްޔަތުންގެ މުހުތާދުތައްފުއްދައި ނުދެވިގެން އެވަރުގެ ބަޔަކު މިގައުމުގެ ރައިއްޔަތުން ބަލަހައްޓާނެތަ؟

  2. ގަޅިބެ

    ބަންގާޅީ އެއް ދުވީ އެއްލާފަ އޮތް ޔުނީފޯމެއް ލައިގެން ގަޅިންތަ މިއުޅެނީ

    • އެއްކަ ޅައި

      އާނ. މިހާރު މަވެސް ވަޒީފާއަށް ދަނީ އޭގެ ޔުނީފޯމެއް ލައިގެން. މަގުމަތިން ހޮވި އެއްޗެއް އެއީ. އަހަރުން ގޯތީ ކުޑަސޮރު ސުކޫލަށް ވެސް މިހާރު ދަނީ އެމް.އެން.ޑީ.އެފް ޔުނީފޯމެއްގަ. އެއީ މިރަށު ގޮނޑު ދޮށަށް ލައްގާފަ އޮއްވާ ހޮވި އެއްޗެއް️

  3. މުންޖިޗޭ

    ދިވެހި އަސްކަރިއްޔާގައި އިތުރު ކޮންޓްރެކްޓެއްގެ ދަށުން ދިވެހިން އިންޑިޔާއަށް ޖާސޫސުކޮށްދީ އެހީތެރިވެދޭކަމަށް ބެލެވޭ. ޔަހޫދީ ބުޑިސްޓް ސިޔާސަތުފަތުރައި މުޅި މުއައްސަސާގެ އަގުވައްޓާލައިފި. ތަޞައްރަފުނުފުދޭ މޮޔައެއްގެ އަތަށް ކަޑިއެއް ދޭކަށްނުވާނެޔޭ ބުނާ ބަހަށް ދިވެހިން ސަމާލުނުވީމަ ޖެގުނު ޙާލުމީ. ހުރި ހިތާމައެއްގެ ބޮޑުކަމާ!

    • ގައުމީސަލާމަތައް ނުރައްކާ ވާނަމަ ކިއްކުރަން އިންޑިޔާ ސިފައިން ބައިތިއްބަނީ

  4. ސައީދު އިނދެގެން އިޅެނީ ފިރިހެނަކާތަ ވ ވައްތަރު

  5. އަލިފުޅުބޭ

    ސާބަހޭ ކަލޭނޭ ފަތިސް ނަމާދުގަ ގުނޫތުކިޔަން ހުއްޓާބާ ފަހާދުއްވައިގަތީ މިއަދު ތި ތަހައްމަލް ކުރަނީ އިއްޔެ ބަޔަކު މީހުން އާރާބާރާ ހުރެ ސަލާމަތީ ބާރުތައް ލައްވާ ކުރުވި ނޭއްގާނީ ކަންކަމުގެ ނަތީޖާ ދެން ހަޖަމް ކޮއްލާ އެދުވަހު އިސް މަގާމް ތަކުގަ ތިބެ ކުރި މަލާމާތް މިއަދުވެސް ފެންނަން އެބަހުރި އެއްވަން ބޭނުމިއްޔާ ހައްޖައް ދާށޭވެސް ގޮވި ފަތިސް ނަމާދޭވެސް ގޮވީ ޕީޕީ ގެ އިސް ސަފުގަ ތިބި އޭރުގެ އިއްޒަތްތެރިން ކޮއްކޮމެންވެސް ދަސްކުރަންވީ ދުނިޔެ އެނބުރޭނީ ތޮށަލި ދުވެއްޔަށް ކަން�

  6. ިލިއަމް

    ޕީ.ޕީ.އެމް ގަ އުޅޭ ބޮޑު … ފަހާ ދުވާނެ ދޯ. ނުހާ މެން…ކަމުން ވާ ގޮތް

  7. ލަކުޑިކަޅޭ

    އެމްއެންޑީއެފްގެވެރިން ތިތިބީ ….ތަ؟ ރައްޔިތުންނާމުހާތަބުކޮއްބުނެބަލަ ކޮންމެސްއެއްޗެކޭ

  8. ށަމީމާ

    ިވތިވަރު ފިޑި ސިފައިންގެ މީހަކު ނުވާނެދޯ ސިފައިންގެ ދޮރުމަތީ ގާޑަކަށް ބަހައްޓާކަށްވެސް، މިމީހުންނަށް ހަރާން ލާރި ކާންދީ ފޮސްކޮށްފަ ،

    • ަަށވޔަނިބ

      އެންމެފުރަތަމަ މަގުމަތި ދަސްކޮށްދިނީ އެމްޑީޕީން މީޙަޤީޤަތަކީ