ރައްޔިތުންގެ މަޖިލިސް

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ޝާން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަރުމަނަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަހުމަދު ލަތީފް އަނބުރާ ގެނެސް، އެ މަގާމަށް އައިޝަތު ޝާން ޝާކިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

Ads by STELCO

މިއަދުގެ މަޖިލިސް ޖަލްސާގައި އެ މަގާމަށް ޝާން އައްޔަންކުރަން ފެންނަ ކަމަށް 29 މެމްބަރުން ވޯޓް ދެއްވިއެވެ.

ޖަރުމަނުގެ ސަފީރުކަމުގެ މަގާމުގައި 2019އިން ފެށިގެން ހުންނެވި އަހުމަދު ލަތީފް ވަނީ ފަހުން ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފައެވެ. އޭނާ އަނބުރާ ގެނެސް، އެ މަގާމަށް އައިޝަތު ޝާން ޝާކިރު އައްޔަންކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައި އެ ކަމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ހުށަހަޅުއްވީ މިދިޔަ މަހުގެ 25ގައެވެ.

ޝާން ޝާކިރު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. އޭގެ ކުރިން ފޮރިންގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި ރާއްޖެއިން ބަނގްލަދޭޝްއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރުކަން ވެސް ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!