ވަކި ވަގުތުތަކަކަށް ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދިނުން ވެސް ބަންދު

ވަކި ވަގުތުތަކަކަށް މާލެ ސަރަޙައްދުގެ ހޮޓާ އަދި ކެފޭތަކުން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދިނުން ވެސް ބަންދު ކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހެލްތު އެމަަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އައިޝަތު ސާމިޔާ ވިދާޅުވީ މިރެއިން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހޮޓާ އަދި ިކެފޭތަކުން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދިނުން ރޭގަނޑު 22:00 ން ފެށިގެން ފަތިހު 5:00 ޖަހަން ދެން ބަންދު ވާނެ ކަމަށެވެ.
ޑރ. ސާމިޔާ އިތުރަށް ވިދާޅުވީ އެގަޑިއަށް ބަންދު ކުރަން ތައްޔާރުވުމުގެ ގޮތުން ރޭގަނޑު 9:30 ގައި ވިޔަފާރިތައް ބަންދު ކުރުމަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.
މާލެއާއި އާއި އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްއީއޯސީން ވަނީ މިއަދުން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ.