ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައިލާން މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމް.އެން.ޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައި ވަނީ ރޭ އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން އެއް ދައުރު ޚިދުމަތް ކުރުމުން އެ މެމްބަރުންނަށް ގިނަ އިނާޔަތްތަކެއް ލިބޭ ކަމަށާއި، މެމްބަރުން ކުރައްވާ މަސައްކަތެއް ނެތް އިރު އެ ލިބޭ އިނާޔާތްތައް ކަނޑައިލާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ނާޒިމް ވަނީ އިސްރަށްވެހީންނާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެ ޕާޓީ އުފެދުމުގެ މަޤުސަދުތަކުގެ ތެރޭގައި ދިވެހިންނަކީ އުފާފާގަތިކަމާ އެކު ދިރިއުޅޭ ބަޔަކަށް ހެދުން ހިމެނޭ ކަމަށާއި އެ ޕާޓީގެ ވެރިކަމެއްގައި އިސްރަށްވެހިންނަށް 'މިނިސްޓްރީ އޮފް ހެޕިނަސް'ގެ ނަމުގައި މިނިސްޓްރީއެއް އުފައްދާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެެއްވިއްޔާ 'މިނިސްޓްރީ އޮފް ހެޕިނަސް' އަޅުގަނޑުމެން އުފައްދާނަން. އުފާވެރިކަމާއެކީގައި ތިބެވޭނެ ގޮތަކަށް މިނިސްޓްރީއެއް އުފައްދައިގެން އިސްރަށްވެހިން އެކީގައި އެމީހުންނާ އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެހެންވީމަ މިއީ އުންމީދީ ޕާޓީއަކީ،" ނާޒިމް ވިދާޅުވިއެވެ
ހަމައެއާ އެކު އެ ޕާޓީން އިސްރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކުރި ކަމަށާއި އެންމެ ބޮޑު ޝަކުވާއަކަށް ލިބުނީ ބަޖެޓުގެ ދަތިކަމާ ހުރެ އިސްރަށްވެހިންގެ ކަންކަން ހައްލު ކުރެވެން ނެތްކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާތީ އެކަން ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކުޑަ ކުރުމަށް ނާޒިމް ގޮވައިލެއްވީ މިކަމަށް އިޝާރާތް ކުރައްވައެވެ. އެގޮތުން މެމްބަރުންނަށް އިނާޔަތް ދޭން ދައުލަތުގެ ބަޖެޓަށް ބުރައަކަށް ނުވާ އިރު އިސްރަށްވެހީންގެ ކަންކަމުގައި ފައިސާ ނެތުމުން ނާޒިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
ތިކަންކުރަންލަސްވެސްވެއްޖެެ މިފަހަރުއެނގޭނެެ ނާޒިމުގެެ އިޚްލާސްތެރިކަމެއްހުރިއްޔާާ އެކަމަކުބުނަންް ރައްޔިތުންް ގުނބޯހައްދާފަަ ހުރިހާކޮޅަކުންް ފައިދާނަގަންނުވިސްނާތިި އޭރުންވާނީި ބޭޒާރުު
ޥ ރަގަޅުކަމެތްތީ ވ ތާއީދު
ކޮންމެ ދުވަހަކު މާލޭ އާއި ރައްރަށުގެ ގެ ތަކުންނާއި މަގުތަކުން ކުނިނަގާ ވެމްކޯ މުވައްޒަފުންނަން 1 އަހަރުވުމުން ތާހިރު ދިރިއުޅުމެއް އުޅެވޭ ވަރުގެއިނާޔަތެއް
ދިނުން މާ ޙައްޤުކަން ބޮޑު.