"ބާކީނުވޭ"ކެންޕެއިނަށް ތާއީދެއް ނެތް، ކަފުންވެއްޖެ": ރައީސް ޔާމީން

ރައީސް ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވާ ކުރިޔަށް ގެންދަވާ އިންޑިއާ އައުޓް ކެންޕެއިނާ ދެކޮޅަށް އެމްޑީޕީން ކުރިޔަށް ގެންދާ "ބާކީނުވޭ" ކެންޕެއިނަށް ތާއީދެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ހިންގާ ކެމްޕޭން ރަނގަޅަށް ނުފެށެނީސް ކަފުންވެއްޖެ ކަމަށެވެ. އަދި މި ކެންޕެއިނަށް ތާއީދެއް ނެތް ކަމަށާއި މުޅި ރާއްޖެ ގޮވަނީ އިންޑިއާ އައުޓަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއަދު ރާއްޖެއިން ފެންނަމުންދަނީ، އިންޑިއާގެ ސިޔާސަތުތަކަށް ރާއްޖެއިން ޖާގަ ނެތްކަން ކަމަށެވެ.
"ބާކީނުވޭ"ގެ ނަމުގައި ރައީސް ނަޝީދު ހިމެނޭހެން އެމްޑީޕީގެ އިސްބޭފުޅުން ގެންދަވަނީ ޓްވިޓަރގައި ކެންޕެއިނެއް ކުރައްވަމުންނެވެ. މި ކެންޕެއިންގެ ތެރެއިން އިންޑިއާއިން ރާއްޖެއަށް ކޮށްދީފައިވާ އަދި ކޮށްދެމުން އަންނަ ކަންކަމާ ގުޅޭ ގޮތުން ދަނީ ޓްވީޓްތައް ކުރަމުންނެވެ.
"ބާކީނުވޭ"ގެ ނަމުގައި ހިންގާ ކެންޕެއިނަށް ރައްދުދީ އިދިކޮޅުން ވަނީ "ދަށުނުވޭ"ގެ ނަމުގައި ހޭޝްޓެގެއް ބޭނުން ކުރަން ފަށައިފައެވެ.
"އިންޑިއާ އައުޓް" ކެންޕެއިނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ ކެންޕެއިނެކެވެ.
ތެދުފުޅެއް ވަގުން ތިބެންޖެހޭނީ ބާކީކޮއް ޖަލައް ލެވިފާ
މުސްލިމް ޤައުމުތައް ހިންގަން މިޖެހެނީ ހުޅަގުގެ އެޖެންޓުން ވެސް ތިބެގެން އެމީހުން ބޭނުންގޮތަކަށް އެމީހުނަށް ވަފާތެރި މީހުންލައިގެން މުސްލިމް ޤައުމުތަކުގެ މާލީ ފައިދާ ހުޅަގުމީހުނަށްވެސް ލިބޭނެގޮތަކަށް، އަދި މަދުން ނަމަވެސް ސަރުކާރުގައި ދީނީ ޝޭހުންވެސް ތިބެންޖެހޭ ޢަރަބިން އަތުން ތެލާއި ގޭސް ހޯދަންވެސް !