ޚަބަރު ސިޔާސީ

ޔާމީން އުޅުއްވީ ރާއްޖޭގެ ބިން ވިއްކަން: ވައްޑޭ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރާއްޖޭގެ ބިން ބޭރުގެ ބަޔަކަށް ވިއްކަން އުޅުނީ އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީންކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އިދިކޮޅުގެ 'އިންޑިއާ އައުޓު' ކެމްޕެއިނާ ދެކޮޅަށް އެމް.ޑީ.ޕީން ފަށާފައިވާ 'ބާކީނުވޭ' ކެމްޕޭނުގެ ހޭޝްޓެގް ބޭނުންކުރައްވާ ވަޙީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުތުރުކަރައާއި ރާއްޖޭގެ ގުޅުމަކީ އެތައް ހާސް އަހަރުވީ ޤަދީމީ ގުޅުމެއްކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ވެރިކަން އެތައް ރަސްކަލެއް، ރަންޏެއް، ރައީސެއް އަދި ބޮޑުވަޒީރެއް ކުރެއްވި އިރު ވެސް ޒަމާންވީ ގުޅުން ހީނަރުވެދާނެ ފަދަ ކަމެއް، ރައީސް ޔާމީން ނޫނީ ނުކުރައްވާކަމަށް ވައްޑޭގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިދިކޮޅުން ފަށައިފައިވާ 'އިންޑިއާ އައުޓު' ކެމްޕޭނާ ދެކޮޅަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާ ދިފާޢުކޮށް ޓުވީޓު ކުރުމުގައި އެމް.ޑީ.ޕީގެ މަޖިލިސް މެމްބަރުން އިސްކޮށް އުޅުއްވާކަން ފާހަގަކޮށްލެވެއެވެ.

  1. ވަންޑޭ

    ގަމާރު ހާދަކަނޑުކޮހޭ އިންޑިއާއައުޓު