ޚަބަރު

އެސް.ޓީ.އޯ އިން ވިއްކާ ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އެސް.ޓީ.އޯގެ އެފްއެސްއެމުން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފިއެވެ.

Ads by STELCO

އެސްޓީއޯއިން ދެންމެ އިޢުލާންކޮށްފައިވާ ގޮތުގައި މި މަހުގެ 24ވަނަ ދުވަހުން ފެށިގެން ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑު ވެގެންދާނެއެވެ.

އެގޮތުން ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 16.55 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް 16.77 ރުފިޔާއަށެވެ.

އެސްޓީއޯގެ ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަދިވެސް އުފުލެމުންދާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުންނެވެ.

  1. ދިވެހި ރާއްޖެ އިން ރިބާ ކެއުމާއި ރިބާގެ އެންމެހައި މުޢާމަލާތް ހުއްޓުވަން ޒުވާނުން ހޭލުންތެރި ކުރުވަންޖެހޭ ، ރިބާ ކެއުން ހުއްޓުވަން ޒުވާނުން އަޑުއުފުލަން ޖެހޭ ! ތަކެތީގެ އަގު ބޮޑުވަނީ ތިބާގެ ސަބަބުން ޢިޤުތިސޯދު ރަގަޅުވާނި ރިބާ ކެއުން ހުއްޓާލައިގެން !