ވިޔަފާރި

ބޯނަސް ޑޭޓާއާ އެކު އުރީދޫ ސުޕަނެޓްގެ ހިދުމަތް ދާންދުއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޯނަސް ޑޭޓާއާ އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ގއ. ދާންދުއަށް މިއަދު ތައާރަފުކޮށްފިއެވެ.

Ads by STELCO

އުރީދޫން ބުނީ، ދާންދުއިން ފައިބާ ސުޕަނެޓް ކަނެކްޝަން ގަންނަ މީހުންނަށް ފުރަތަމަ ތިން މަހަށް 300 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

އެ ހިދުމަތާ އެކު، 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑެއްގައި އިންޓަނެޓް ލިބޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އެއީ މި ވަގުތު ރާއްޖޭގެ މާކެޓުގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައް ކަމަށެވެ.

" ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތް މި ޕްލޭނާ އެކު ލިބޭނެ،" ނިޔާޒް ވިދާޅުވިއެވެ.

އެ ހިދުމަތާ އެކު ދާންދޫ މީހުންނަށް އިތުރު ފުރުސަތުތަކެއް ލިބޭ ގޮތް ވުމަކީ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ ސުޕަނެޓް ޕެކޭޖުތަކަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި އިންޓަނެޓްގެ ސްޕީޑް ފަސް ގުނައަށް އިތުރު ކުރުމާއި 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ގޮތް ހެދުން ހިމެނެއެވެ. މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އެކުވާ ގޮތަށް ވެސް ވަނީ ހަދައިފައެވެ. އަދި ތުރޮޓުލް ސްޕީޑް ނުވަތަ ޑޭޓާ ޕެކޭޖު ހުސްވުމަށް ފަހު ލިބޭ ސްޕީޑް ހަލުވި ވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!