ޚަބަރު

ޤާނޫނު އިސްލާޙްކޮށްގެން ވިޔަސް "އިންޑިއާ އައުޓް" ހުއްޓުވަން ފާސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ/ ފޮޓޯ: ދައުރު

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ޤާނޫނު އިސްލާޙް ކުރަން ޖެހިއްޖެ ނަމަ އެކަން ކޮށްގެން ވިޔަސް، އެ ހަރަކާތް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by STELCO

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ އޮތް، އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ހީނަރުކަން އަންނާނެ ފަދަ ކަމެއްކަމަށް ކަމަށް ބުނެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ދިރާސާކޮށް ރިޕޯޓެއް ހުށަހަޅައިފައެވެ.

މި ރިޕޯޓް ފާސްކޮށްފައި ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާއިންނެވެ. މިއަދު މަޖިލީހުގައި ނެގުނު ވޯޓްގައި ބައިވެރިވި 32 މެންބަރުން ވެސް މި ގޮތަށް ތާއީދު ކުރައްވައިފައި ވެއެވެ. މިއަދު މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ރިޔާސަތުން ޖާގަ ނުދެއްވުމުން އިދިކޮޅުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރައްވައިފައެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓްގައި ހުށަހަޅާފައި ވަނީ، "އިންޑިއާ އައުޓް" ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ވާތީ އަދި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރެއްކުރާނެ ކަމަށްވެފައި، ބައިނަލްއަޤްވާމީ ގުޅުންތަކަށް ހީނަރުކަން އަންނަކަމަށް ވާތީ، ޤާނޫނާ ގަވާދުގައިވާ ގޮތުގެމަތިން އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމަށެވެ.

އަދި ގާނޫނަށް އިސްލާހެއް ހުށަހަޅަން ޖެހޭ ނަމަ އެކަން ކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

Ads by HDC
  1. 32 މެމްބަރުންގެ ވޯޓުން ރައްޔިތުން އެމައްޗަށް ލާޒިމް ކުރާވަރުގެ ކަމެއް ފާހެއްނުވާނެ !