ޚަބަރު

ބަރަހަނާއެއް ނުވަން، ބިރު ދެއްކީ ދެ ލައްކަ ޑޮލަރު ހޯދަން: ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދަނީ އޭނާގެ ފޮޓޯތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

Ads by MWSC

ސޯޝަލް މީޑިއާގައި މިއަދު ވަނީ އެއްޖިންސުން ގުޅުން ހިންގަން މީހުން ގެންދިޔަ ކޮޓަރީގައި ކާނަލް ހުންނެވި ފޮޓޯތަކެއް ލީކުކޮށްލައިފައެވެ.

އެކަމާ ގުޅިގެން ކާނަލް ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ އޭނާގެ ފޮޓޯތަކެއް ކަމަށާއި އޭނާ އެ ތަނަށް ގެންދިޔައީ ވިޔަފާރި ބައްދަލުވުމަކަށޭ ކިޔައިފައި ތަކުރާރުކޮށް ގުޅައިގެން ކަމަށެވެ. އަދި ކޮވިޑް ދުވަސްވަރުވުމުން ބޭރުތެރެއިން ބައްދަލު ނުވާނެތީ އެ ތަނަށް ދިޔައީ ކަމަށާއި އެމީހުންގެ މަޤްޞަދަކަށްވެފައި އޮތީ އޭނާ ލައްވައި އެ އަމަލު ހިންގުވުން ކަމަށް ކާނަލް ވިދާޅުވިއެވެ.

"އަޅުގަނޑު އެކަމުން ބަރީއަވިން. އެމީހުން މި ފޮޓޯތައް ލީކުކޮށްލާނެކަމުގެ ބިރުދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެޔޭ. އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ." ކާނަލް ވިދާޅުވިއެވެ.

ކާނަލްގެ ފޮޓޯތަކެއް ލީކުކޮށްލައިފައިވާ އިރު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއަކުން އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ފެންނަ މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ނާޒިމް ފުލުހަށް ވެސް ހާޒިރުކުރި އިރު އޭނާގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.

ނާޒިމްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނަކާއި ފިރިހެނަކާ އެކު ފެންނަ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ހިމެނޭކަމަށް ބުނާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

  1. އޮލޭއޮލޭ

    ކާނަލްގެ “ގުޅުމުގެ ވާހަކަ” އަކީ އައު ވާހަކައެއް ނޫނެވެ. އެކަން ކުރިޔަސް، ކާނަލްގެ އެފަދަ ފޮޓޯއެއް ނެތުން އެއީ ނަސީބެވެ.

  2. ގަޅި

    ލަދުން ބޯ ހަލާކު! މީތަ އެބުނާ ޢިއްޒަތްތެރިންންކީ!!

  3. ސޫތު

    ބަރަހަނާއެއް ނުވަމޭ!!! ތިވެވުނީ ކޯންޗެއް!!!