ޚަބަރު

ސޯޝަލް މީޑިއާގައި "އިންޑިއާ އައުޓް" ގޮވުން ވެސް ކުށަކަށް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލޭގައި އިދިކޮޅނުް ބޭއްވި އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން

ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ޤާނޫނުލް އުޤޫބާތުން އަދަބު ދެވޭނެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީ އިސްލާޙް ކުރަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by STELCO

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިހާދެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެންޕެއިން ހުއްޓުވުމަށް ހުށަހެޅި، މި ބިލް ފާސްވެއްޖެ ނަމަ ސޯސަލް މީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން ވެސް "އިންޑިއާ އައުޓް" ގޮވުމަކީ ކުށަކަށް ވާނެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަހްލާޤީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ.

މި އިސްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފައިވާ މައިގަނޑު ކަންތައްތައް:

  • އެހެން ޤައުމެއްގެ ދިދައަކަށް، ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން،
  • އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވައިލުން،
  • އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވައިލުން،
  • އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވައިލުން

މި ބިލުގައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތެއް ނުވަތަ އެ ނޫން ވެސް އެފަދަ އެހެން ވަސީލަތެއް މެދުވެރިކޮށްގެން ވެސް ޚާރިޖީ ސިޔާސަތަށް ގެއްލުން ދީފި ނަމަ ކުށެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.

"އިންޑިއާ އައުޓް" ކެންޕެއިން ފެށިގެން އައީ ވެސް ސޯޝަލް މީޑިއާއިންނެވެ.

Ads by Ooredoo
  1. ދެނ ގޮވާނީ މިހެން

    ޅާދީނީ އައުޓް
    ކާފަރު ހަންފަތުރަން އުޅޭމީހުން އައުޓް
    އިންޑިއާ ސިފައިން މިތާ ބައިތިއްބައިގެން ކޮރަޕްޝަން ހިންގާ މީހުން އައުޓް

  2. ޢަވާމެނދުރު

    ޢައުޓުނުގޮވަ ބޭރިކުރަންގޮވާނީ

  3. ޏަހުނު

    ނާގާބިލް ސަރުކާރުގެ އަޅުވެތިކަން ހުރި ވަރު

  4. ޖެނެރަލް ސީސީ

    ލާދީނީ އައުޓް. ބޭރުގެ ހަންފެތުރުން އައުޓް. ބޭރު މިލިޓަރީ މީހުން މިތަނަށް އަތްގަދަކުރުން އައުޓް … މިހެން ގޮވައިގެން އެމީހެއްގެ މައްސަލަ ކޯޓަށް ގެންގޮސްފިއްޔާ އޭގެ މާނައަކީ މިދައުލަތަކީ ރާއްޖޭގަ އެފަދަ ކަންތައް ކުރުމަށް ޕްލޭންކޮށްގެން އުޅޭ ދައުލަތެކޭ. އެހިސާބުން ދައުލަތް ވައްޓާލަން ލާޒިމްވާނެ. ވީމާ ދައުލަތުންވެސް މިދެންނެވި ގޮތަށް ގޮވާ މީހަކަށް ފިޔަވަޅު އަޅާފާނެހެނެއް ހިއެއް ނުވޭ

  5. ހަމްދާން

    ލާދީނީ ނަޝީދު. ލާދީނީ އަމަލުތައް ފޮރުވައި ފަސްއަޅާ ނަޝީދު. މީނާ ގޮނޑިން ބާލާ

  6. ރައްޔިތުންނަށް ލިބިފައިވާ ހައްގުތަށް ހަނިކުރުމަކީ ސަރުކާރުން ކުރާ ކުށެކެވެ މިކުށްކުރާ ފަރާތްތައް ޒިއްމާދާރު
    ކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ.

  7. ނާޅި

    ދުލާއި ޤަލަމުގެ މިނިވަންކަން ހޯދަން އެންމެ ބޮޑަށް ވަކާލާތު ކުރި ބަޔަކީ އެމްޑީޕީ އެކަމަކު މިއަދު މިފެންނަނީ ބޯވައިގެ ސިފާގައި ! ޤާނޫނު އަސާސީގައިވަ އަސާސީ އެއްވެސް ހައްޤެއް ނިގުޅައިގަތުމަކީ ބޮޑުވެގެންވާ ކުށެއް !