ޚަބަރު އިޖުތިމާޢީ

ރައީސްގެ ދެ ކަނބަލުން ހައްޖަށް ފުރާވަޑައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި, އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ފުރާވަޑައިގެންފިއެވެ.

Ads by STELCO

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙްގެ ދެ ކަނބަލުން މިއަދު ހެނދުނު ފުރާވަޑައިގަންނަވާފައިވާ ކަމަށެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ވަނީ ފުރައިފައެވެ.

މި އަހަރު ރާއްޖޭގެ އަމީރުލްހައްޖުގެ ގޮތުގައި ރައީސް ޞާލިޙް ހަމަޖެއްސެވީ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރެވެ. އެ ގޮތުން ރާއްޖޭގެ ހައްޖާޖީންގެ ކަންތައްތައް އެންމެ އިސްކޮށް ބަލަހައްޓަވާނީ މިނިސްޓަރު ޒާހިރެވެ.

މިނިސްޓަރު ހައްޖަށް ފުރާވަޑައިގެންނެވީ ހައްޖާޖީންގެ އެންމެ ފަހު ގުރޫޕާ އެކު މި މަހުގެ ދެވަނަ ދުވަހުގެރޭގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!