ޚަބަރު ސިޔާސީ

ގަބޫލުކުރެވުނަސް ނުކުރެވުނަސް ޢަދާލަތަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ރާއްޖެއަކު ނެތް: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން

ޢަދާލަތު ޕާޓީއަށްވުރެ އިސްލާމްދީނަށް ޚިދުމަތްކުރި ޕާޓީއެއް މި ރާއްޖެއަކު ނެތްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި, އެ ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައިކަމަށް އިމްރާން މިއަދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން މިރޭ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތްކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

  1. ޢަލީ އާމިރު

    ދީން ހިނާޔަތް ކުރަން ކުރިކަމެއް ތިމީހުން ނިކަން ބުނެބަަ. އަނގަ ފޭކޮށްފަ މޮޅުވާހަކަ ނުދައްކާ

  2. ޙުސައިން މޫނާބޭ

    ގަބޫލުކުރިޔަސް ނުކުރިޔަސް މިގައުމު ފަސާދަކުރިބަޔަކީ އަދާލަތޭތިޔަކިޔާ ބައިގަންޑު ތިމާ ދީނޭކިޔައިގެން އަންގަ އަރުވަން ލަދުގަނެބަލަ،

  3. ރަދީފްއޮފިޝަލް

    ތަ އަން މާ.

  4. ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ފެންވަރުގައި އިސްލާމް ދީން ހިމާޔަތްކޮށް އިސްލާން ދީން ކުރިއަރުވާ އިސްލާމް ދީނަށް ނަސްރުދީ ހަދަންޖެހޭނެ، އެއީ ވަކި ޖަމާއަތަކުން ކުރަންޖެހޭ ކަމެއްވެސް ނޫން !

  5. ސަނާ

    ޢަދާލަތު ކިޔާ ޕާޓީއެއް މިގައުމުގައި އޮތްްކަމެއް ރައްޔިތުންނަކަށްނޭގެ.

  6. އެނގޭ

    އިމްރާނު ބުންޏަސްނުބުންޏަސް ދޮގެއް