ޚަބަރު އިޖުތިމާޢީ ސިޔާސީ

އަޅުގަނޑުމެން މަސައްކަތްކުރަނީ ބަޔަކު މީހުން ރުއްސާކަށް ނޫން: ޑރ.އިޔާޟް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ދެން އިމޭޖްސް

މަސައްކަތްކުރަނީ ބަޔަކު މީހުން ރުއްސާކަށް ނޫންކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިޔާޟް މިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ކުރެއްވި ޓުވީޓަކާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އިމްރާން ރޭ ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ.

އެ ގޮތުން އިޔާޟް ވިދާޅުވީ އަޅުގަނޑުމެން މަސައްކަތްކުރަނީ ބަޔަކު މީހުންގެ ރުހުން ހޯދާކަށް ނޫން'' ކަމަށެވެ. އަދި އެ ބޭފުޅުންގެ މަސައްކަތް ﷲ ގެ ހަޟްރަތުގައި ގަބޫލުކުރައްވައިފިނަމަ މަގުސަދު ހާސިލްވީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި އަދި އެ ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައި ކަމަށް އިމްރާން ވިދާޅުވި ނަމަވެސް ގިނަ ބަޔަކު އެކަން ގަބޫލެއް ނުކުރެއެވެ.

Ads by Ooredoo
  1. ކަޅޭ

    ލާރިކޮޅެއް ހޯދަން..

    • ޖާބެ

      ފިސާ ހޯދަން ސަނާދަންނަވަނީ

  2. ރަދީފްއޮފިޝަލް

    ކޮސްބެރާ.

  3. ކިނބޫ

    ކަލޭ މަސައްކަތެއް ކުރޭތަ އެބަ؟ ހަސަދަވެރިކަމާއެކު ހަޑިހުތުރު ތަކެތި ގޮވުމަކީ މަސައްކަތެއް ނޫން އިނގޭ.