ޚަބަރު އިޖުތިމާޢީ ޝަރުޢީ ދާއިރާ

ޑރ.އިޔާޟް, އަލަމްގިރިއަށް މުއްދަތު ޖެހި ގާޒީއަށް އިންޒާރު ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރާއްޖޭގައި ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ދިނުމުން ޑރ.މުޙައްމަދު އިޔާޟް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Hajj Corporation

ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އަލަމްގިރި ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެސްޓު ހައުސްއިންނެވެ.

އަލަމްގިރީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ގާޒީ ނިންމެވީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކުރުމަށެވެ.

އެ ގޮތުން ޑރ.އިޔާޟް ވިދާޅުވީ ހަޑިމުޑުދާރު ފާޙިޝް ޢަމަލު ހިންގި މީހާއަށް ދިނީ ފަސް ދުވަސް ކަމަށާއި, ނަމަވެސް މުންކަރާތް މަނާކުރި މީހުންނަށް ދިނީ ފަސްދޮޅަސް ދުވަސް ކަމަށެވެ. އޭނާ އެ ޢިޝާރަތް ކުރައްވަނީ ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރުކުރި ޢިލްމުވެރިންނަށެވެ.

''ގާޒީ ﷲ އަށް ބިރުވެތިވުމުގެ ޚިޔާލެއްވެސް ނެތީތޯ؟'' ޑރ.އިޔާޟް ގާޒީއަށް އިންޒާރު ކުރެއްވިއެވެ.

އިޔާޟް ވަނީ ދުނިޔަވީ ލައްޒަތައްޓަކައި ދީނާއި އަބުރު ކުޑަ އަގަކަށް ވިއްކާނުލުމަށް ވެސް ގާޒީއަށް ގޮވައިލައްވާފައެވެ.

Ads by HDC
  1. ިފ….މީގަ ކޮބާ އިންޒާރެއް؟؟
    މިފަދަ ޒަމާނެއްގަ ފިތުނަ އުފެދޭ ގޮތަައް ސުރުހީ ޖެހުމަކީ ދެރަވަރު ކަަމެއް..

  2. ކިނބޫ

    ﷲ އަށް ބިރުވެތިވާން ޖެހޭ މީހެއް ނޫންތަ ކަލޭ ތީ. ހަސަދައިން ހިތާއި ނަފްސު ކަޅިވެފަ ހުރި ނުބައި ނުލަފާ މީހެއް ކަލޭ ތީ. ދީނީ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ.

  3. ޢެޖެންޑާ 19

    މީ ދުނިޔޭގަ އެންމެ ނާތަހުޒީބު ގައުމަށްވެ ނިމިއްޖެެ..
    ގައުމެއްނެއް އެޖެންޑާ 19 މި މީހުން މިއޮއް ތަންފީޒުު
    ޚުރަމުން ދަނީ###

  4. އަލަންގިރި

    އިންޒާރެއް ނަސޭހަތެއް ވަކިނުވާ މީހުން

  5. ފަސްމީރު

    މިގައުމުގެ ވަކީލުންނާއި ގާޒީން އެއީ އެހެން ދުވަހެއް އޮތްކަމަށް ވިސްނާ ބަޔެއްތޯ؟ޢެމީހުން ހުކުމް އިންވާ ޝާރީއަށް ހިންގަނީ މަގާމާއި ވެރިން އަންގާ ގޮތަށް.މިއޮތީވާ ގައުމެއް.އަދިވެސް ފަނޑިޔާރުންގެ މުސާރައާއި އެލަވަންސް ބޮޑު ކުރަންވީ.ގައުމާއި ނުބައްދަލު އިނާޔަތް ދޭންވީ …

  6. މަގޭ

    މީގަަ ގާޒީގެެ މާބޮޑުު މައްސަލައެއްް އޮތްހެނެއްް ހިޔެއްނުވެެ. ޢަލަމްގިރިި ހައްޔަރުކުރީީ އެހެންް މައްސަލައެއްގަަ. ސަދޫމްގަަ ލިވާތުު އެއީީ ކުށެއްނޫން