ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަކީ އިސްލާމްދީން ދެކެ ނުހަނު ލޯބިވާ ބޭފުޅެއްކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ.މަޢުރޫފް ޙުސައިން ވިދާޅުވެއްޖެއެވެ.
ޑރ.މަޢުރޫފް ޙުސައިން މިހެން ވިދާޅުވީ އިމްރާން ކުރެއްވި ޓުވީޓުތަކަކާ ގުޅިގެން އިމްރާނަށް ފާޑުކިޔުންތައް އަމާޒުވެފައިވާތީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ ދެ ދުވަހެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ. އިމްރާނުގެ މި ވާހަކައާ ގުޅިގެން ދީނީ ޢިލްމުވެރިން ވެސް ވަނީ އޭނާއަށް ފާޑުވިދާޅުވެފައެވެ.
ޑރ.މަޢުރޫފު ވިދާޅުވީ އިމްރާންގެ ޓުވީޓަށް ރައްދުދޭ މީހުންގެތެރެއިން ގިނައީ ސިޔާސީ ހުން ޖެހިފައިވާ އެކްޓިވިސްޓުންގެ ގޮތުގައި އުޅޭ މީހުން ކަމަށާއި އެއީ މިއަދު ޢަދާލަތު އޮތީ އެ މީހުން މަރުދޭ ފަޅީގައި ކަމުގައި ނުވާތީ އަންނަ ރުޅިބޭލުން ކަމަށެވެ.
ޑރ.މަޢުރޫފު ވިދާޅުވީ ޢަދާލަތު ޕާޓީ އުފެއްދީ ވަރަށް މަތިވެރި މަގުސަދެއްގައިކަމަށްވާއިރު, މެންބަރުންނާއި ވަސީލަތް މަދުވިޔަސް ވޭތުވެދިޔަ ދެތިން ދައުރެއްގައި ރާއްޖޭގެ ސިޔާސީ ސަމުގާގެ މިސްރާބު ކަނޑައެޅުމުގައި ޢަދާލަތު ގެ ދައުރު ދީނީ އެހެން ކޮންމެ ޖަމާޢަތަކަށްވުރެ އެތައް ގުނައެއް ބޮޑުކަމީ ޙަޤީޤަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ނައިބު ރައީސްކަމުން އޭނާ ވަކިވުމާއި ހަމަޔަށް ޕާޓީގެ އިސް ބޭފުޅުންނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި, އާންމު ގޮތެއްގައި ފެނިފައިވަނީ ޢަދާލަތުގެ ބޭފުޅުންނަކީ އިސްލާމް ދީން ދެކެ ނުހަނު ލޯބިވާ, ޙުއްބުލް ވަޠަނުގެ އަހުލުވެރި އިޚްލާޞްތެރިން ކަމުގައި ކަމަށެވެ.
''ޝައިޚު އިމްރާންއަކީ ވެސް މިދެންނެވި ފަދަ ބޭފުޅެއް ކަމުގައި އަޅުގަނޑަށް ވަނީ ފެނިފައެވެ.'' އޭނާ ވިދާޅުވިއެވެ.
ޑރ.މަޢުރޫފް ވިދާޅުވީ ވެރިކަމާއި ބާރަކީ އިމްތިޙާނެއް އަދި ފިތުނައެއް ކަމަށެވެ. އަސްޙާބުންނާއި ތާބިޢީ ޒަމާނުގެ ބޭކަލުންގެ ތާރީޚަށް ބެލިޔަސް ފެންނަން އޮތީ މި ޙަޤީޤަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަމަލުން ނުފެނޭ ޑޮކްޓަރ
ޢިމްރާން އަކީ ރައްޔިތުން ދެކެ ލޯބިވާ މީހެއްނޫން… އިމްރާން އަކީ އަމިއްލަ އެދުމުން ފުރިގެންވާ މީހެއް. ތިޔަ އިމްރާން ޖަލުގައި ހޭދިކުރި ދުވަސް ތަކުގައި ހުރިހާ ބުރައެއް އުފުލައިގެން އުޅުނު މީހާ މެދު ކަންކުރިގޮތް ވަރައްސާފު..
ވަޙީ އަންނަތީތަ
ސިޔާސީ ހުން ޖެހިފަ ހުރި ތިކަހަލަ އެކްޓިވިސްޓަކު ބުނީމަ ނޫނީ ތިކަމެއް ނޭނގެއޭ.
ލަނޑަޔާވާނީ ލަނޑަޔާ. ޑރ.މަޢުރޫފު ވިދާޅުވީ “އިމްރާންގެ ޓުވީޓަށް ރައްދުދޭ މީހުންގެތެރެއިން ގިނައީ ސިޔާސީ ހުން ޖެހިފައިވާ އެކްޓިވިސްޓުންގެ ގޮތުގައި އުޅޭ މީހުން ކަމަށާއި އެއީ މިއަދު ޢަދާލަތު އޮތީ އެ މީހުން މަރުދޭ ފަޅީގައި ކަމުގައި ނުވާތީ އަންނަ ރުޅިބޭލުން ކަމަށެވެ” މިކަމުންވެސް ދޭހަވަނީ އިމްރާނާއި މައުރޫފަކީވެސް ހަމަ އެކައްޗެއްކަން. އަދި މިދެމީހުންނަށްވެސް ޔަގީންވާކަން މިސަރުކާރަށް ގިނަމީހުންގެ ތާއީދެއްނެތްކަން.
އަިމުރާނުގެ ހިތްފަޅާފައި ބެލީދޯ،،އަޅެ އަޅުގަނޑު ވެސް ބޭނުން އޭރުންދޯ ރިޓަޔާވާންވެސް އިނގޭނީދޯ،
އެންމެންވެސް ބުނަނީ އިސްލާމް ދީން ދެކެ ނުހަނު ލޯބިވަމޭ އެކަމަކު ރޭގައިވެސް ޒުވާނުންގެ ވަޒީރާއި ރައީސާއި އެންމެން ޒުވާނުން އެއްކޮށްގެން ނެށުމާއި މިއުޒިކާއި ލަވަކިޔާ މަޖާކުރީ !
އިމްރާން ލޯބިކުރޭ ހުރިހާ ދީނެއް ދެކެވެސް. ޔޯގާވެސް އިމްރާނަށް އޯކޭ. ލިވާތު ވެސް އިމްރާނަށް އޯކޭ. އެކަމަކު މަޢުރޫފު ތިބުނާ އިސްލާމްދީން ދެކެ ލޯބިވާނަ މިކަންކަމަކީ މިހާ ދޯދިޔާކޮށް ދޫކުރެވޭނެ ކަންކަމެއްނޫން.