ޚަބަރު އިޖުތިމާޢީ

ޝައިޚް ޙަސަން މޫސާ ފިކުރީގެ ސުވާލެއް އިމްރާނަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައްޝައިޚް ޙަސަން މޫސާ ފިކުރީ

މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި, ޔޯގާ ޑޭ ގެ މުންކަރާތްތައް ހުއްޓުވަން ނިކުތް ޝައިޚުން, އެހެން ބަޔަކު ހިންގި ހަމަނުޖެހުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަތުމަކީ އިންސާފުތޯ އައްޝައިޚް ޙަސަން މޫސާ ފިކުރީ ސުވާލު ކުރައްވައިފިއެވެ.

Ads by STELCO

ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނަށް ޓެގް ކުރައްވައި އައްޝައިޚް ޙަސަން މޫސާ ފިކުރީ މި ސުވާލު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އައްޝައިޚް ޙަސަން މޫސާ ފިކުރީގެ ޓުވީޓުގައި އިތުރަށް ވަނީ
އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގަ އޮތުމުން މެދުވެރިވާ ކަމެއްތޯ ވެސް ސުވާލު ކުރައްވައިފައެވެ.

''މޭޑޭގެ މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ޒިންމާ އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި, ޔޯގާ ޑޭ ގެ މުންކަރާތްތައް ހުއްޓުވަން ނިކުތް ޝައިޚުން, އެހެން ބަޔަކު ހިންގި ހަމަނުޖެހުމުގެ ޒިންމާ ނަގަން ޖެހުން, އެއީ އަދުލުއިންސާފު ތޯ. އަނިޔާވެރިކަމަކީ ވަކި ބަޔަކު ޖަލުގަ އޮތުމުން މެދުވެރިވާ ކަމެއްތޯ.'' އައްޝައިޚް ޙަސަން މޫސާ ފިކުރީ ކުރެއްވި ޓުވީޓުގައި ވެއެވެ.

ރާއްޖޭގައި ކުރިއަށްގެންދިޔަ ހިންދޫ ދީނުގެ އަޅުކަމެއްކަމަށްވާ ޔޯގާ ހެދުމުގެ ހަރަކާތާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއިރު އޭގެތެރޭގައި އައްޝައިޚް އާދަމް ނިޝާންއާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހިމެނެއެވެ. ނަމަވެސް އެ ދެ ބޭފުޅުން އެ ދުވަހު މަސައްކަތް ކުރެއްވީ ހަމަނުޖެހުން ހުއްޓުވުމަށެވެ.

Ads by Allied Insurance
  1. ގޮވެލި

    ދިވެހި ރައްޔިތުންގެ ސުވާލެއް ސަލަފަށް! 2013 އިން 2018 އަށް މިރާއްޖޭގަ އިސްލާމް ދީނަށް ކުޑައިމީސް ވާކަހަލަ ކަމެއް ނުހިނގާތޯ؟ ޔޯގާ ދުވަސް ފާހަގަަ ނުކުރޭތޯ؟

  2. ޖަހަންގީރު

    އިމްރާން އަކީ ވަރަށް ހީވާގި މީހާ ވައްތަރު ފެންނަނީ. އެކަމަކު ކޮންޓޭނަރު ތެރެއިން ވިޔަފާރިވެރިއެއްގެ މުދަލުގެ ތެރެއިން މަސްތުވާތަކެތި ފެނި، އެމައްސަލަ އޮބުނީމަ އިމްރާނާމެދު ސުވާލު އުފެދޭ ވައްތަރު އަންނަނީ. އެންމެ ބޮޑު ސުވާލު އަންނަނީ ޕޮލިސް ކޮމިޝަނަރު

  3. އެންމެންވެސް ބުނަނީ އިސްލާމް ދީން ދެކެ ނުހަނު ލޯބިވަމޭ އަމަލުން އެކަމެއް ނުފެނޭ ،، ރޭގައިވެސް ޒުވާނުންގެ ވަޒީރާއި ރައީސާއި އެންމެން ޒުވާނުން އެއްކޮށްގެން ނެށުމާއި މިއުޒިކާއި ލަވަކިޔާ މަޖާކުރީ !