ރައީސް ޞާލިޙް އަންނަ މަހުގައި އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަންނަ މަހުގައި ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް ބެލެވެނީ އަންނަ މަހުގެ 02-03 ހިސާބުގައެވެ. ނަމަވެސް ރަސްމީކޮށް އަދި ވަކި ތާރީޚެއް ނުނިންމައެވެ.
މި ދަތުރުފުޅަކީ ދެ ޤައުމުގެ ވިޔަފާރި ކުރިއެރުވުމަށާއި ގުޅުންތައް ބަދަހި ކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ގާތް ގުޅުމެއް ބާއްވަވަނީ އިންޑިއާއާއެކު ކަން ފާހަގަކޮށްލެވެއެވެ.