ޚަބަރު

ކޮޮވިޑް-19: ފުވައްމުލަކުން މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފުވައްމުލައް ސިޓީ

ޏ. ފުވައްމުލަކުން މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

އެނގިފައިވާ ގޮތުގައި ފައްސި ވެފައިވަނީ ފުވައްމުލަކުގައި ހޯމު ކަރަންޓީނުގައި ހުރި މީހެކެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ ފުވައްމުލަކު ސިޓީއިން މީހަކު ބައްޔަށް ފައްސިވެފައިވާކަން ހެލްތު އެމަޖެންްސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ އޮފިޝަލަކު އެނޫހަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އެމީހާ ކޮވިޑަށް ފައްސިކަން އެނގިފައިވަނީ، މިއަދަކީ އޭނާ ކަރަންޓީނުގައި ހުންނަ އެންމެ ފަހު ދުވަސް ކަމުން، ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލުން ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

މާލެއިން ރަށްރަށަށް ގޮސް ކަރަންޓީނުގައި ހުންނަ މީހުން ކޮވިޑަށް ފައްސިވަމުން އަންނަކަން ފަހަކަށް އައިސް ވަނީ ފާހަގަ ވެފައެވެ. އެހެންކަމުން އެޗްޕީއޭ އިން އިއްޔެ ވަނީ މާލެ އަށް ދިޔުމަށް ދީފައި އޮތް ލުއި ، ޞިއްޙީ ބޭނުންތަކަށާއި ޒަރޫރީ ބޭނުންތަކަށް އެކަނި ދެވޭ ގޮތަށް ހަނިކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 4،446 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު އޭގެތެރެއިން 2،293 މީހުންނަކީ ދިވެހީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!