ޚަބަރު ސިޔާސީ

ރައީސް ނަޝީދާއި, ރައީސް ޞާލިޙަށް އެމްޑީޕީ ސޯޝަލް މީޑިއާ ގުރޫޕުތަކުގައި އައުގުރާނަ ގޮވާ މައްސަލަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ރައީސް ޞާލިޙްވަނީ އެއަރޕޯޓުން މަރުޙަބާ ވިދާޅުވެފައި.. ފޮޓޯ/ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް, މީޑިއާ ގުރޫޕުތަކުގައި އައުގުރާނަ ގޮވަން ފުރުސަތުދީގެން ތިބުމަކީ ބައިބައިވުމަށްދެވޭ ފުރުސަތެއްކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ads by Hajj Corporation

ނިހާދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ ވިދާޅުވީ އެފަދަ ކަންކަމަށް ފުރުސަތު ދީގެން ތިބުމަކީ ބައިބައިވުމަށްދެވޭ ފުރުސަތެއްކަމަށެވެ. އަދި އެފަދަ ކަންތައްތަކުން ދުރުވެ ތިބުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

''ރައީސް ނަޝީދާއި, ރައީސް ޞާލިޙަށް, އެމްޑީޕީ ސޯޝަލް މީޑިއާ ގުރޫޕުތަކުގައި އައުގުރާނަ ގޮވަން ފުރުސަތުދީގެން ތިބުމަކީ ބައިބައިވުމަށްދެވޭ ފުރުސަތެއް.'' ނިހާދުގެ ޓުވީޓުގައިވެއެވެ.

ނިހާދު ވިދާޅުވީ އެހެންނޫންނަމަ އިދިކޮޅާ ގުޅި ރަނގަޅަށް އެއްޗެހި ގޮވަން ފެށުން މާ ސަޅިވާނެ ކަމަށެވެ.

 

Ads by HDC
  1. ޖަނާ

    ތިދެމީހުނަކީ މަކަރުވެރިން ކުޅޭ ހުރިހާ ގޭމަކީ ދެމީހުންގެ މަކަރުވެރި ރޭވުން

  2. ނިހާދުސޯ

    ވެރިކަންލިބޭއިރައް ތިކަހަލަ ގޮޅާމީހުން މަގާމުދީފާ ގެނެސް ގުރޫޕްތަކައްވެއްދީމަ ވާނީތިހެން އިހުލަސްތެރިން ބޭރުކުރީ ދެންތިބޭ އެންމެންވެސް މިހާެުރު ތިބީ ހޭލާ